މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: އަޙުމަދު އިނާޙް

ފައިނު ސްކޫލް ޕްރިފެކްޓް ބޯޑުން ޕޯސްޓަރ ކުރެހުމުގެ މުބާރާތެއް ފަށައިފި

ރައްކާވެ ތިބިއްޔާ ދަތުރުގެ ނަމުގައި، ޕޯސްޓަރ ކުރެހުމުގެ މުބާރާތެއް ފައިނު ސްކޫލް ޕްރިފެކްޓް ބޯޑުން ފަށައިފިއެވެ.

ފައިނު ސްކޫލްގެ ދަރިވަރުންނަށް ޚާއްޞަކޮށްގެން ހުޅުވާލި މިފުރުޞަތުގައި "ކޮވިޑް19 އިން ރައްކާތެރިވުން" މިމައުޟޫއަށް އެކިކަހަލަ ޕޯސްޓަރ ތައްޔާރު ކުރުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ. މީގެ އިތުރުން މިމުބާރާތުގެ 1 ވަނަ 2 ވަނަ އަދި 3 ވަނަ އަށް އަންނަ ދަރިވަރުންނަށް ޚާއްޞަ އިނާމެއް ދިނުމަށް ހަމަޖެހިފައިވާކަމަށްވެސް ޕްރިފެކްޓް ބޯޑުން ބުނެފައިވެއެވެ. 

ޕޯސްޓަރ ކުރެހުމުގައި ހިމަނާލެވިދާނެ ބައެއް ކަންކަމުގެ ތެރޭގައި، މިދުވަސްވަރު ކުރެވިދާނެ ދުޢާތައް، ސާފުތާހިރުކަމާއި ގުޅޭ މެސެޖުތަކާއި އަދި ބަލި ފެތުރުނަ ނުދިމަށް ކުރެވިދާނެ ކަންކަން އަންގައިދޭ މެސެޖު ހިމެނޭ ޕޯސްޓަރ ހިމެނޭކަމަށް ޕްރިފެކްޓް ބޯޑުން ބުނެފައިވެއެވެ.

މިމުބާރާތުގައި ބައިވެރިވާން އެދޭ ދަރިވަރުން 2 އޭޕްރީލް 2020 ވާ ބުރާސްފަތި ދުވަހުގެ 18:00 ގެ ކުރިން ޕޯސްޓަރގެ ފޮޓޯ ވައިބަރ ކުރުމުން މުބާރާތުގައި ބައިވެރިވެވޭނެއެވެ. 

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

1 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ޢާދަނު 4 years ago

ގޭގައި ތިބެގެން ކުރަން ސަޅި ކަމެއް

ރައްދު

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ