މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: މީސްމީޑިއާ

ރ. މީދޫގައި ނިޔަމިކޯހެއް ފަށަނީ

ރ. މީދޫ ކައުންސިލްގެ ފަރާތުން މީދޫގައި ނިޔަމިކަމުގެ ކޯހެއް ފަށާގޮތަށް ހަމަޖެހިއްޖެއެވެ.

މީދޫ ކައުންސިލުން މަޢުލޫމާތު ދިން ގޮތުގައި، މި ކޯހަކީ އެކަޑަމީ އޮފް އިންޓަނޭޝަނަލް މެރިޓައިމް އެންޑް މެނޭޖުމަންޓް ސްޓަޑީޒްއާއި މީދޫ ކައުންސިލް އަދި މީދޫގެ ޖަމްޢިއްޔަތުއް ސަލާޙް އާއި މީދޫ އެކުވެރި ކުލަބު ގުޅިގެން ކުރިޔަށް ގެންދާ ކޯހެކެވެ. 

މި ފެށޭ ސެޕްޓެމްބަރު މަހުގެ 7 ވަނަ ދުވަހު ފަށާގޮތަށް ހަމަޖެހިފައިވާ ނިޔަމި ކޯސް ލެވެލް 2 ގެ މި ކޯސް ކުރިޔަށް ދާނީ ސެޕްޓެމްބަރު 11 ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި މި ކޯހުގެ ފީއަކީ -/1800 ރުފިޔާ ކަމަށް ވެސް މީދޫ ކައުންސިލުން މަޢުލޫމާތު ދެއެވެ. 

މި ކޯހުގައި ބައިވެރިވާން އެދޭ ފަރާތްތަކުން ނަމާއި ގުޅޭނެ ނަންބަރު ހިމެނުމަށްފަހު މި ފެށޭ ސެޕްޓެމްބަރު މަހުގެ 5 ވަނަ ދުވަހުގެ މެންދުރުފަހު 2:00 ގެ ކުރިން 9744393 އަށް މެސެޖު ކުރުމަށް އެ ކައުންސިލުން އެދެއެވެ.

ނިޔަމިކަމުގެ ސަނަދަކީ، ކަނޑުގައި ދުއްވާ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއަށް އެދޭއިރު ފުރިހަމަ ކޮށްފައި އޮންނަންޖެހޭ ކޯހެކެވެ. 

މިލިޔުން ކިޔާލުމުން

17%
އުފާވި
33%
ދެރަވި
17%
ހިނިއައި
33%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ