މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: އިސްމާޢީލް ޝަފީޢު

ރަސްމާދޫން ވެސް މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

ރ. ރަސްމާދޫން ވެސް ކޮވިޑް19 އަށް މީހަކު ޕޮޒިޓިވް ވެއްޖެއެވެ.

ރަސްމާދޫ ޞިއްޙީ މަރުކަޒުން ބުނެފައިވާ ގޮތުގައި، އެރަށުން 02 ސެޕްޓެމްބަރުގައި ވަނީ ފުލޫ ސާމްޕަލްތަކެއް ނަގާފައެވެ. އޭގެ ތެރެއިން ސާމްޕަލެއް ޕޮޒިޓިވް ވެފައިވާކަން މިއަދު އެނގިފައިވާ ކަމަށެވެ. 

އެހެންކަމުން އެރަށު ޞިއްޙީ މަރުކަޒުން ވަނީ އެރަށުގައި ދިރިއުޅޭ އެންމެން ވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައި، ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ އެންގުންތަކަށް ބޯލެނބުމަށް އިލްތިމާސް ކޮށްފައެވެ.

ރަސްމާދޫ ކައުންސިލްގެ ރައީސް ވިދާޅުވީ، ޕޮޒިޓިވް ކޭސްއެއް ފެނިފައިވީނަމަވެސް، މިހާތަނަށް އެރަށް މޮނިޓަރިންއަށް ލާފައިވާކަން އެޗްޕީއޭއިން އަންގާފައި ނުވާކަމަށެވެ. ނަމަވެސް، މޮނިޓަރިންއަށް ލާނެކަމަށް ވަރަށް ބޮޑަށް ޤަބޫލު ކުރެވޭކަމަށް އޭނާ ވިދާޅުވިއެވެ.  

މިއަހަރުގެ މެއި މަހުގެ ތެރޭގައި ވެސް ރަސްމާދޫގައި ކަރަންޓީނުގައި ނެތް މީހަކުވަނީ ޕޮޒިޓިވްވެފައެވެ. އެފަހަރު އެރަށުން ޕޮޒިޓިވް ވެފައިވަނީ ރ. ވަންދޫގައި މަސައްކަތް ކުރާ މީހެކެވެ.

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ