މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: މީސްމީޑިއާ

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގައި ވަޒީފާގެ ފުރުސަތު

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން 5 ވަޒީފާގެ ފުރުސަތެއް ހުޅުވާލައިފިއެވެ.

އެ ހޮސްޕިޓަލުން ކޮށްފައިވާ ވަކިވަކި 5 އިޢުލާނެއްގައި ބުނެފައިވަނީ، އެ ހޮސްޕިޓަލަށް ޕްރޮކިއުމަންޓް އޮފިސަރ، ހިއުމަން ރިސޯސް އޮފިސަރ، އެކައުންޓްސް އޮފިސަރ، ސީނިއަރ ކަސްޓަމަރ ރިލޭޝަން އޮފިސަރ އަދި ސީނިއަރ އެކައުންޓްސް އޮފިސަރގެ މަޤާމަށް މީހުން ބޭނުންވާކަމަށެވެ.

އެގޮތުން، ސީނިއަރ އެކައުންޓްސް އޮފިސަރގެ މަޤާމަށް އެދުމުގެ ސުންގަޑި މާދަމާ ހަމަވާއިރު، ސީނިއަރ ކަސްޓަމަރ ރިލޭޝަން އޮފިސަރގެ މަޤާމަށް އެދުމުގެ ސުންގަޑިއަކީ މިމަހުގެ 8 ވަނަ ދުވަހެެވެ. އަދި ދެން ހުރި މަޤާމުތަކަށް އެދުމުގެ ސުންގަޑިއަކީ މިމަހުގެ 9 ވަނަ ދުވަހެވެ. 

މި ވަޒީފާތަކަށް ކުރިމަތިލާ ފަރާތްތަކުގެ ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް މެދުވެރިކޮށް ވެސް ބަލައިގަންނަ ގޮތަށް ވަނީ ހަމަޖެހިފައެވެ.

އިޢުލާނުގައި ބުނެފައިވަނީ، މި ވަޒީފާތަކަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެ ކަމަށެވެ. 

މި އިޢުލާންތަކާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް އެ ހޮސްޕިޓަލްގެ ނަންބަރަށް ގުޅުމަށް ނުވަތަ މެއިލް ކުރުމަށް އެ ހޮސްޕިޓަލުން އެދެއެވެ.

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ