މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: އުނގޫފާރު.ކޮމް

އުނގޫފާރުގައި ކޮވިޑް ފެތުރެނީ، ޕޮޒިޓިވްވި މީހުންގެ އަދަދު 22 އަށް

ރ. އަތޮޅުގެ ވެރިކަންކުރާ ރަށް ކަމުގައިވާ އުނގޫފާރުގައި ކޮވިޑް19 ފެތުރި ޕޮޒިޓިވްވި މީހުންގެ އަދަދު 22 އަށް އަރައިފިއެވެ.

އުނގޫފާރު ކައުންސިލުން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، ބަލިޖެހިފައި މިވަގުތު ވެސް 10 މީހުން އެބަތިއްބެވެ. 

މައުލޫމާތު ލިބިފައިވާ ގޮތުގައި އުނގޫފާރުން ޕޮޒިޓިވްވި މީހުންގެ ތެރޭގައި ކަރަންޓީންގައި ނެތް ފަރާތްތަކެއް ވެސް ހިމެނެއެވެ. އޭގެތެރެއިން ގިނަ ބައެއް ފަރާތްތަކަކީ އަލާމާތްތައް ފެނިގެން ޓެސްޓް ކުރި ފަރާތްތަކެވެ. 

ރަށު ތެރޭގައި ކޮވިޑް ފެތުރެމުންދާތީ އެ ރަށު ކައުންސިލުންވަނީ ރައްކާތެރިކަމުގެ ގޮތުން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ދޭ އިރުޝާދުތަކަށް ސަމާލުކަން ދިނުމަށް ރައްޔިތުންގެ ކިބައިން އެދިފައެވެ. 

އަދި ކޮންޓެކްޓް ޓްރޭސިންގެ މައުލޫމާތު ވެސް ރަނގަޅަށް ފޯރުކޮށްދެމުން ދިޔުމަށް އެ ކައުންސިލުން އެދިފައިވެއެވެ. 

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ