މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: ގޯލްޑެން ފުޓްސަލް

ގޯލްޑަން ފުޓްސަލް ޗެލެންޖު: އިންނަމާދޫއާއި ބައްދަލުކޮށް ދުވާފަރަށް ފަސޭހަ މޮޅެއް

ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ރ. އަތޮޅު ރައުންޑްގައި މިރޭ ކުޅުނު ފުރަތަމަ މެޗް ފަސޭހަކަމާއިއެކު ދުވާފަރު ޓީމުން ކާމިޔާބު ކޮށްފިއެވެ.

އަތޮޅު ރައުންޑުގެ ފުރަތަމަ މެޗްގައި ދުވާފަރު މިރޭ ބައްދަލު ކުރީ އިންނަމާދޫ ފުޓްސަލް ޓީމާއެވެ. 

މި މެޗް ދުވާފަރު ކާމިޔާބު ކޮށްފައިވަނީ 6 – 0 ގެ ނަތީޖާއަކުންނެވެ. 

މި މެޗްގައި ދުވާފަރު ޓީމްގެ މުޙައްމަދު ޖުމާން އަޙްމަދު ވަނީ 4 ގޯލް ޖަހައިދީފައެވެ. އޭގެ އިތުރުން މުޙައްމަދު އިޝާމް އަދި މުޙައްމަދު ހަފީޒް މި ދެ ކުޅުންތެރިން ވެސް ކޮންމެ ކުޅުންތެރިޔަކު ގޯލެއް ކާމިޔާބު ކޮށްދީފައިވެއެވެ. 
މިރޭގެ މެޗްގެ މޭން އޮފް ދަ މެޗް--
މިރޭގެ މެޗްގެ މޭން އޮފްދަ މެޗަކީ ދުވާފަރު ޓީމްގެ މުޙައްމަދު ޖުމާން އަޙްމަދެވެ. 

ޖުމުލަ 91 ރަށަކުން ބައިވެރިވެފައިވާ މި މުބާރާތުގައި ރ. އަތޮޅުން ބައިވެރިވެފައިވަނީ، ދުވާފަރު، އިންނަމާދޫ އަދި އިނގުރައިދޫއެވެ.

ދެން މި މުބާރާތުގައި ރ. އަތޮޅު ރައުންޑުގެ މެޗެއް ކުޅޭނީ 7 މާޗް ގައެވެ. އެދުވަހު ކުޅޭ މެޗްގައި ބައްދަލު ކުރާނީ ދުވާފަރު އަދި އިނގުރައިދޫއެވެ. އަތޮޅު ރައުންޑުގައި ރ. އަތޮޅުގެ އެންމެ ފަހު މެޗްގައި ބައްދަލު ކުރާނީ އިނގުރައިދޫ އަދި އިންނަމާދޫއެވެ. މި މެޗް އޮންނާނީ މާޗް 10 ވަނަ ދުވަހުއެވެ.

2019 ވަނަ އަހަރު ބޭއްވި މި މުބާރާތުގެ ރ. އަތޮޅުގެ ޗެމްޕިއަން ޓީމަކީ އިނގުރައިދޫއެވެ.

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ