މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: އަލިފުށި ފޭސްބޫކް ޕޭޖް

އެފްއޭއެމް ނޯތު ލީގު: ފުރަތަމަ މެޗްގައި ދުވާފަރާއި އަލިފުށި އެއްވަރު

އެމްޓީސީސީ ނޯތު ލީގު ދެވަނަ ޑިވިޝަނުގެ ގުރޫޕް ޑީގެ ފުރަތަމަ މެޗުގައި މިއަދު ދުވާފަރު ސްޕޯޓްސް ކްލަބާއި އަލިފުށި ރިކްރިއޭޝަން ކުލަބް ބައްދަލުކުރި މެޗް 2 - 2 އިން އެއްވަރުވެގެން ނިމިއްޖެއެވެ.

މިއަދު ހަވީރު އަލިފުށީ ދަނޑުގައި ކުޅުނު މެޗު ފަށައިގެން އަލިފުށިން ކުރިއަށް ޖެހިގެން ހަމަލާތަކެއް އުފެއްދި ނަމަވެސް ދުވާފަރުން ވަނީ ވަރަށް ކުރީކޮޅު ދެ ގޯލު ޖަހައި ލީޑު ހޯދައިފައެވެ. 

ދުވާފަރަށް ދެ ލަނޑު ވެސް ޖަހައިދިނީ އިސްމާއިލް އަހުމަދެވެ.

ދުވާފަރުގެ ދެ ގޯލަށް ފަހު ވެސް އަލިފުށިން ވަރަށް ބޮޑަށް ކުރިއަށް ޖެހިގެން ގޯލެއް ޖަހަން މަސައްކަތް ކުރިއެވެ. އެޓީމުން ފަރަގު ކުޑަކުރީ 18 ވަނަ މިނިޓުގައި ލިބުނު ހިލޭޖެހުމަކުންނެވެ. ހާފުގެ މެދަކާ ހަމައިން އަލިފުށީގެ ފުރަތަމަ ލަނޑު ޖަހައިދިނީ އާދަމް އިމްރާން (އިންނަ) އެވެ.

އަލިފުށިން އެއްވަރު ކުރި ލަނޑު މެޗުގެ 60 ވަނަ މިނިޓުގައި ޖެހީ ރަޒާން އަލީއެވެ. 

ގުރޫޕުގެ ދެވަނަ މެޗުގައި އަންނަ ހުކުރު ދުވަހު ބައްދަލު ކުރާނީ، ދުވާފަރާއި އުނގޫފާރެވެ. 

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ