މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: ރައީސް އޮފީސް

ރ. އަތޮޅުގައި ފަތުރިވެރިކަން ކުރިއެރުވި ފަރާތްތަކަށް އެވޯޑު ދީފި

ވޭތުވެދިޔަ ފަންސާސް އަހަރުގެ ތެރޭގައި ރ. އަތޮޅުގައި ފަތުރިވެރިކަމަށް އެކި ގޮތްގޮތުން ހިދުމަތް ކުރެއްވި ފަރާތަކަށް ހާއްސަ އެވޯޑެއް ދީފިއެވެ.

މި އެވޯޑްތައް ދީފައިވަނީ ރޭ ބޭއްވި ރ. ޓުވަރިޒަމް އެކްސްޕޯ 2022 އެވޯޑް ހަފްލާގައެވެ.
 
ރ.ދުވާފަރުގައި ބޭއްވި މި ޖަލްސާ ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބް ފައިސަލް ނަސީމްއެވެ. މި ޖަލްސާގައި ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމްގެ އިތުރުން ދައުލަތުގެ ވަޒީރުންނާއި ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ގިނަ އަދަދެއްގެ ފަރާތްތަކަކުން ބައިވެރިވިއެވެ.
 
މި ރަސްމިއްޔާތުގައި ރ.އަތޮޅުގައި ފަތުރުވެރިކަން ކުރިއެރުވުމަށް އެކި ގޮތްގޮތުން މަސައްކަތްކުރެއްވި ބޭފުޅުންނަށް އެކަމުގެ އަގުވަޒަންކޮށް 3 އެވޯޑެއްދީފިއެވެ.  
 
އެގޮތުން ރ. އަތޮޅުގައި ފަތުރުވެރިކަން ތަރައްގީ ކުރުމަށް އޮޕަރޭޓް ކުރަމުންދާ ރެސޯޓްތަކަށް ދީފައިވަނީ "ކޮއިމަލާ" އެވޯޑްއެވެ. މި އެވޯޑް ރ. އަތޮޅުގެ 10 އަށްވުރެ ގިނަ ރިސޯޓަށް ވަނީ ލިބިފައެވެ.
 
އަތޮޅުގެ ފަތުރުވެރިމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ ތެރެއިން އިންޓަރނޭޝަނަލް އެވޯޑެއް ހާސިލްކޮށްފައިވާ ފަރާތްތަކަށް ހާއްސަ ކޮށްފައިވަނީ "ބަތޫތާ" އެވޯޑެވެ. މި އެވޯޑް ހާސިލު ކޮށްފައިވާ ވަނީ މީދުއްޕަރު އައިލެންޑް ރިސޯޓުގައި މަސައްކަތްކުރާ ފަރާތެއް ކަމަށްވާ އަޙްމަދު އަންވަރެވެ.
 
ރ.އަތޮޅުގެ ފަތުރުވެރިކަމުގެ ދާއިރާގައި 20 އަހަރު ހިދުމަތްކޮށްފައިވާ ފަރާތްތަކުގެ އަގު ވަޒަންކޮށް، "ދަންޑަހެލު" ގެ ނަމުގައި ދިން އެވޯޑް ރ.އަތޮޅުގެ ދިހަ ފާރާތަކުން ހާސިލްކޮށްފައިވެއެވެ. 

ރަސްމިއްޔާތުގައި މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރިގެންދާއިރު އެއް އަތޮޅެއްގައި ފަތުވެރިކަމުގެ ރަން އަހަރު އެންމެ ކުލަގަދަކޮށް ފާހަގަކުރި އަތޮޅަކީ ރ.އަތޮޅުކަމަށެވެ. 
 
ފަތުރުވެރިކަމުގެ ރަން އަހަރު ފާހަގަ ކުރުމަށް ރ.އަތޮޅުގައި ވަނީ ލާމަސީލު މަސައްކަތްތަކެއް ކުރައްވާފައެވެ. އެގޮތުން ކަލިނަރީ އާޓްސްގެ އިވެންޓަކާއި، ވޯޓާ ސްޕޯޓްސް އިވެންޓެއްގެ އިތުރުން، އަތްތެރި މަސައްކަަތްތަކުގެ މަޢުރަޒެއްވެސް ވަނީ ރ.އަތޮޅުގައި ކުރިއަށްގެންގޮސްފައެވެ.

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ