މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
އަނަސް

އަނަސްގެ މަރު: އެކަކުގެ މައްޗަށް ކުށް ސާބިތުވެއްޖެ

2017 ވަނަ އަހަރު ގްރޫޕަކުން ތޫނު އެއްޗެހިން ހަމަލާދީ މަރާލި ރ. މީދޫއަށް ނިސްބަތްވާ މުހައްމަދު އަނަސްގެ މަރުގެ މައްސަލާގައި ދައުވާކުރި އެކަކުގެ މައްޗަށް ކުށް ސާބިތުވެއްޖެއެވެ.

މި މައްސަލައިގައި ކުށް ސާބިތުވެފައިވަނީ އެ ހާދިސާ ހިނގިއިރު އުމުރުން 17 އަހަރު، ނަމަވެސް މިހާރު 18 އަހަރު ފުރިފައިވާ މީހެއްގެ މައްޗަށެވެ. ކުޑަކުދިންގެ ގޮތުގައި ތިބެ ކުށްކުރާ މީހުންގެ މައުލޫމާތު އާންމު ކުރުމަކީ ގާނޫނީ ގޮތުން މަނާ ކަމަކަށްވާތީ އޭނާގެ މައުލޫމާތު އޮތީ ދައުލަތުން ސިއްރުކޮށްފައެވެ.

އޭނާ ކުށް ސާބިތުވިޔަސް އަދަބު ކަނޑައެޅުމުގެ މަރުހަލާ އޮންނާނީ ފަހުންނެވެ. 

މި މައްސަލައިގައި ފުރަތަމަ ޖުވެނައިލް ކޯޓުން ނިންމީ ކުށް ސާބިތުނުވާކަމަށެވެ. ނަމަވެސް ހައިކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ވަނީ އޭނާގެ މައްޗަށް ކުށް ސާބިތުވާކަމަށް މިއަދު ހުކުމްކޮށްފައެވެ. 

އަނަސްގެ ވާރިސުން ވަނީ މަރަށް މަރު ހިފަން ބޭނުންވާކަމަށް ހައިކޯޓުގައި ބުނެފައެވެ. 

އަނަސްގެ މަރާ ގުޅިގެން އިތުރު 7 މީހެއްގެ މައްސަލަ ކްރިމިނަލް ކޯޓުގައި ދަނީ ހިނގަމުންނެވެ.

މިލިޔުން ކިޔާލުމުން

33%
އުފާވި
33%
ދެރަވި
33%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ