މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: ފައިނު ކައުންސިލް

ޕިކަޕެއް ގަންނަން ފައިނު ކައުންސިލުން އަނެއްކާވެސް އިއުލާނުކޮށްފި

ފައިނު ކައުންސިލުން 1450 އާއި 2000 ކިލޯގެ ޕިކަޕެއް ސަޕްލާކޮށްދޭނެ ފަރާތެއް ހޯދަން އެ ކައުންސިލުން އަނެއްކާވެސް އިއުލާން ކޮށްފިއެވެ.

މިއީ މިކަމަށްޓަކައި ފައިނު ކައުންސިލުން އިއުލާނުކުރި 4 ވަނަ ފަހަރެވެ. ކައުންސިލުން ބުނެފައިވަނީ އަނެއްކާވެސް އިއުލާނު ކުރަންޖެހުނީ މިކަމަށް އެކަށީގެންވާ ހުށަހެޅުމެއް ލިބިފައި ނުވާތީ ކަމަށެވެ. 

ފައިނު ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމަށް ރަޖިސްޓަރީ ވާންޖެހޭނެ ކަމަށާއި މިމަސައްކަތަށް ބީލަން ހުށަހެޅޭނީ ވިޔަފާރިކުރުމުގެ ޤާނޫނުގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް ކަމަށެވެ.

ފައިނު ކައުންސިލުން ބުނީ ބީލަމާއި ގުޅޭ މައުލޫމާތު ކަރުދާސް (އަގުހުށަހަޅާ ފޯމް) ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރާ ފަރާތްތަކަށް ފޮނުވޭނެ ކަމަށެވެ. އަދި މިކަމާއި ގުޅޭގޮތުން އިތުރު މައުލޫމާތު ސާފު ކުރުމަށް ރަސްމީ ގަޑީގައި 6580072 ނަމްބަރ ފޯނާއި ގުޅުމަށް ކައުންސިލުން އެދިފައިވެއެވެ. 

ފައިނު ކައުންސިލަކީ ގޭބިސީތަކުން ނެރޭ ކުނި ޕިކަޕްގައި ކުނިކޮއްޓަށް ގެންގޮސްދިނުމުގެ ހިދުމަތް ދެމުންގެންދާ ކައުންސިލެކެވެ. މިހާރު މިމަސައްކަތް ކުރަނީ އަމިއްލަ މީހެއްގެ ޕިކަޕެއް ކުއްޔަށް ހިފައިގެނެވެ.

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ