މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: އެމްޑީޕީ

ދުވާފަރު ކައުންސިލްގެ ބައިއިލެކްޝަން އެމްޑީޕީގެ ކެންޑިޑޭޓް ކާމިޔާބު ކޮށްފި

ދުވާފަރު ކައުންސިލުން ހުސްވެފައިވާ ގޮނޑިއަށް މެންބަރަކު ހޮވުމަށް މިއަދު ކުރިއަށް ގެންދިޔަ ބައި އިލެކްޝަން އެމްޑީޕީގެ ކެންޑިޑޭޓް ޢަބްދުﷲ ނަޒީމް ކާމިޔާބު ކޮށްފިއެވެ.

މިއަދު ކުރިއަށްދިޔަ އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން، މިނިވަން ކެންޑިޑޭޓު އަޙްމަދު ޙުސައިންއަށް ލިބިފައިވަނީ 298 ވޯޓެވެ. ޕީޕީއެމްގެ ފަރާތުން ވާދަކުރި ފާތިމަތު ޢަލީ އަށް ލިބިފައިވަނީ 544 ވޯޓެވެ. އަދި އެމްޑީޕީގެ ފަރާތުން ވާދަކުރި ޢަބްދުﷲ ނަޒީމްއަށް ލިބިފައިވަނީ 613 ވޯޓެވެ. 

ވަގުތީ ނަތީޖާ ދައްކާގޮތުން 35 ވޯޓުވަނީ ބާތިލު ވޯޓުގެ ގޮތުގައި ގުނާފައެވެ. 

ދުވފަރު ކައުންސިލުން ހުސްވެފައިވާ ގޮނޑި ހުސްވީ ކޮރަޕްޝަންގެ ތުހުމަތުތަކެއް ކޮށްފައިވަނިކޮށް އެ މަގާމުގައި ހުންނެވި ކައުންސިލަރު އަމިއްލައަށް މަގާމުން އިސްތިއުފާ ދިނުމާއި ގުޅިގެނެވެ. އެ ރަށު ކައުންސިލް އިދާރާގައި ހިންގާފައިވާ ކޮރަޕްޝަންގެ މައްސަލަތަކާއި ގުޅިގެން ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްވެސް ހިމެނޭހެން ހުރިހާ ކައުންސިލަރުން މިވަގުތު ތިބީ ސަސްޕެންޝަނުގައެވެ. 

މިލިޔުން ކިޔާލުމުން

0%
އުފާވި
67%
ދެރަވި
33%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ