މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: އަލިފުށި.އެމްވީ

އަލިފުށީ ކުނިކޮށީގައި ރޯވެ އަނދަނީ

ރ. އަލިފުށީ ކުނިކޮށީގައި އަލިފާން ރޯވެ އަނދަމުން އެބަދެއެވެ.

އެ ރަށުން މައުލޫމާތު ދިން ގޮތުގައި، ކުނި ގޮނޑުގައި އަނދަމުންދަނީ ބޯޓުފަހަރު ބަނުމަށް ބޭނުންކުރާ ފައިބަރުގެ ތެރެއިން އުކާލުމަށް ތައްޔާރުކޮށް، ވަކިން ސަރަހައްދެއްގައި ބަހައްޓާފައި ހުރި ފައިބަރުތަކެއްގައި ކަމަށެވެ.

ރޯވި އަލިފާންގަނޑު ވަނީ ކުނި ގޮނޑުގައި ފެތުރި ވަރަށް ބޮޑުވެފައެވެ. އެ ތަނުގައި ހުރި އިމާރަތަކަށް ވެސް ގެއްލުން ވެދާނެ ކަމުގެ ބިރު އެބައޮތް ކަމަށް އެ ރަށު ކައުންސިލުން ބައެއް މީޑިއާތަކަށް ވަނީ މައުލޫމާތު ދީފައެވެ. 

އަލިފާންގަނޑު ރޯވާން ދިމާވި ސަބަބެއް އަދި ނޭނގެއެވެ. ނަމަވެސް، އަލިފާންގަނޑު ނިއްވާލުމުގެ މަސައްކަތް އެ ރަށު ރައްޔިތުން ގުޅިގެން ދަނީ ކުރަމުންނެވެ. 

މިލިޔުން ކިޔާލުމުން

0%
އުފާވި
100%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ