މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: ގޯލްޑެން ފުޓްސަލް އެސޯސިއޭޝަން

ގޯލްޑަން ފުޓްސަލް ޗެލެންޖް: ދުވާފަރުން މީދޫ ބަލިކޮށްފި

ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ރޭ މީދޫއާއި ދުވާފަރު ކުޅުނު މެޗުން 1-6 އިން ދުވާފަރު ޓީމުން ކާމިޔާބު ކޮށްފިއެވެ.

މި މެޗްގައި ދުވާފަރުގެ ފުރަތަމަ ގޯލު މެޗްގެ 11 ވަނަ މިނެޓްގައި ކާމިޔާބު ކޮށްދިނީ ޖުމާންއެވެ. ދެވަނަ ގޯލު ފުރަތަމަ ހާފުގެ 12 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައިވަނީ އަހުމަދު އީސާއެވެ. އެއަށްފަހު ދުވާފަރުގެ ތިންވަނަ އަދި ހަތަރުވަނަ ގޯލު މެޗުގެ ތޭރަވަނަ އަދި ފަނަރަވަނަ މިނެޓުގައި ނަކާޓާ ފުލުފުލުން ކާމިޔާބު ކޮށްދީފައިވާއިރު، އޭގެ ތިން މިނެޓު ފަހުން ދުވާފަރަށް ފަސްވަނަ ގޯލު ކާމިޔާބުކޮށްދީ، މެޗުގެ ލީޑު ފަހެއް ސުމަކުން ބޮޑުކޮށްލައިދީފައިވަނީ އިޝާމެވެ. 

ކައިރިކައިރީ ގޯލްތަކެއް ޖެހުމަށްފަހު ދެން ފެނިގެން ދިޔައީ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހިދިޔަ ވަގުތުކޮޅެކެވެ. ނަމަވެސް، އޭގެ އިރުކޮޅެއްފަހުން ޖުމާން ޖަހައިދިން ގޯލަކުން ދުވާފަރު ވަނީ 6 ގޯލް ހަމަކޮށްފައެވެ. 

މެޗްގައި މީދޫ އިން ޖެހި ހަމައެކަނި ގޯލަކީ ފަހު މިނެޓުކޮޅުގައި މީދޫއަށް ލިބުނު ޕެނެލްޓީއަކުން އެ ޓީމު ކާމިޔާބު ކުރި ގޯލެކެވެ. 

މި މެޗުގެ މޭން އޮފް ދި މެޗަކަށް ހޮވިފައިވަނީ ދުވާފަރުގެ އަޙުމަދު އިޝާމް (ޝަންޓޭ) އެވެ.

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

1 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ދެދެދެ 1 year ago

މީދޫއަށް ލިބުނު ޕެނެލްޓީއަކުން މީދޫއަށް ލިބުނު ޕެނެލްޓީއަކުން މީދޫއަށް ލިބުނު ޕެނެލްޓީއަކުން މީދޫއަށް ލިބުނު ޕެނެލްޓީއަކުން ނޫން އިނގޭތޯ

ރައްދު

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ