މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފައިނު ކައުންސިލުން މީގެކުރިން ކުރިއަށްގެންދިޔަ ނިޔަމި ކޯހުގެ ތެރެއިން

އިލެކްޓްރިކް ވައިރިންގެ ކޯހެއް ފައިނުގައި ފަށަނީ

ޔޫތު މިނިސްޓްރީއާ ފައިނު ކައުންސިލް ގުޅިގެން ފައިނުގައި ނެޝަނަލް ސެޓްފިކެޓް 3 އިން އިލެކްޓްރިކަލް އިންސްޓަލޭޝަން އެންޑް މެއިންޓަނަންސް ކޯހެއް ފެށުމަށް ހަމަޖެހި އެ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ފައިނު ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، މި ކޯސް ކުރިއަށްދާނީ ހަތަރު މަސްދުވަހުގެ މުއްދަތަށް ކަމަށާއި ކޯސް ފަށާ ތާރީހެއް ފަހުން އިއުލާނު ކުރެވޭނެ ކަމަށެވެ. 

މި ކޯހުގައި ބައިވެރިވުމުގެ ސުންގަޑިއަކީ 30 އޭޕްރިލް 2023 ގެ 13:00 އެވެ. ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ސުންގަޑީގެ ކުރިން ކައުންސިލުން ދީފައިވާ އޮންލައިން ފޯމް ފުރިހަމަ ކުރަންޖެހެއެވެ. 

މި ކޯސް ނިންމާ ފަރާތްތަކަށް ކަރަންޓް ވައިރުކުރުމުގެ ހުއްދަ ލިބިގެންދާނެކަމަށް ކޯސް އިންތިޒާމް ކުރާ ފަރާތުން ބުނެއެވެ. 

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ