މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41

​އިނގުރައިދޫ ފަޅުގައި ސަފާރީއެއް އަޅަން އުޅެނިކޮށް ބުރަފަތީގައި ޖެހި މީހަކު ނިޔާވެއްޖެ

އިނގުރައިދޫ ފަޅުގައި ސަފާރީއެއް އަޅަން މޫދަށް ފޭބި މީހަކު ބުރަފަތީގައި ޖެހި ލިބުނު ބޮޑެތި އަނިޔާތަކާއެކު ނިޔާވެފައިވާކަމަށް އެ ރަށުން މައުލޫމާތު ދީފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އިނގުރައިދޫ ފަޅަށް ވަންނަން އުޅުން ސަފާރީއެއްގެ ބުރަފަތީގައި ވަލެއް އޮޅިގެން ނައްޓަން ފޭބި މީހަކު ގައިގައި ބުރަފަތިން ޖެހިގެން ހާދިސާއެއް ހިނގިކަމުގެ ރިޕޯޓް މިއަދު ހަވީރު 5:53 ހާއިރު ލިބިފައިވާކަމަށެވެ. އަދި 55 އަހަރުގެ އެ ދިވެހި ފިރިހެން މީހާ އިނގުރައިދޫ ސިއްހީމަރުކަޒަށް ގެންދިއަ އިރުވެސް ނިޔާވެފައިވާކަމަށް އެ ސިއްހީމަރުކަޒުން މަޢުލޫމާތު ދީފައިވާކަމަށްވެސް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ސާފާރީއެއްގެ ބުރަފަތީގައި ވަލެއް އޮޅިގެން ވާ ނެއްޓުމަށް މޫދަށް ފައިބައިގެން އުޅެނިކޮށް ޑިންގީއެއްގެ ބުރަފަތިން ޖެހި މަރުވީ ރަސްގެތީމްގެ ކުރީގެ ކައުންސިލް މެމްބަރު މުޙައްމަދު އިބްރާޙީމްއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މުޙައްމަދުގެ ގައިގައި ޖެހިފައިވަނީ އޭނާ އުޅޭ ސަފާރީގެ ޑިންގީގެ ބުރަފަތިންނެވެ.

މިލިޔުން ކިޔާލުމުން

0%
އުފާވި
100%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ