މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: އިންޓަނެޓް

އުނގޫފާރުގައި ނަގިއްޔެއް ވަގަށް ނެގި މީހަކު ޖަލަށް ލާން ހުކުމް ކޮށްފި

ރ. އުނގޫފާރުގައި އޮތް ޑިންގީއަކުން ނަގިއްޔެއް ވަގަށް ނެގި މީހަކު ޖަލަށް ލާން ހުކުމް ކޮށްފިއެވެ.

ރ. އުނގޫފާރު މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެން އެ ކޯޓުގައި ކުރިއަށް ގެންދިޔަ މި މައްސަލައިގައި ބުނެފައި ވަނީ، ފެބްރުއަރީ މަހުގެ ތެރޭގައި އެރަށު ފަޅުގައި އަޅާފައިވާ ޑިންގީއެއްގައި އޮތް ނަގިއްޔެއް ނެގިކަމަށް، އެ މައްސަލައިގައި ތުހުމަތު ކުރެވުނު މީހާ އިއުތިރާފު ވެފައިވާ ކަމަށެވެ.

މިފަދަ ކުށްތަކަށް ކަނޑައަޅާފައިވާ އަސާސީ އަދަބަކީ ހަތަރުމަހާ 24 ދުވަހަށް ޖަކަށް ލުމެވެ. ނަމަވެސް އޭނާ ދައުވާއަށް އިއުތިރާފު ވެފައި ވާތީ އޭނާގެ މައްޗަށް އަދަބުގެ އެއް ދަރަޖަ ކޯޓުން ވަނީ ލުއި ކޮށްފީފައެވެ. 

އެހެންކަމުން ކޯޓުން ކަނޑައަޅާފައި ވަނީ ތިން މަހާއި 18 ދުވަހަށް އޭނާ ޖަލަށް ލުމެވެ. ނަމަވެސް އެ މުއްދަތުން ބަންދުގައި ހުރި މުއްދަތު އުނިކުރުމުން އޭނާ ތަންފީޒު ކުރަން ޖެހޭނީ ތިން މަހާއި ދެ ދުވަހުގެ ޖަލު ހުކުމެވެ. 

އެ ނަގިއްޔަކީ 1500 ރުފިޔާގެ އެސްއެސް ނަގިއްޔެއް ކަމަށްވެސް ކޯޓުން ބުނެފައިވެއެވެ.

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

1 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ކޮމެންޓް 10 months ago

ކޮމެންޓް

ރައްދު

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ