މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: ފައިނު ކައުންސިލް

ފައިނުން ގޯތި ލިބުނު މީހުންނަށް ގޯތި ހަވާލުކޮށްފި

ފައިނުން ބަންޑާރަ ގޯތި ދޫކުރުމަށް މިދިޔަ އަހަރު ފައިނު ކައުންސިލުން ހުޅުވާލި ފުރުސަތުގައި ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓް ހޯދައިގެން ގޯތިލިބޭ ފަރާތްތަކަށް ގޯތި ހަވާލު ކޮށްފިއެވެ.

މިކަމަށްޓަކައި މިއަދު ފައިނުގައި ބޭއްވި ޖަލްސާއެއްގައި ވަނީ ގޯތި ލިބުނު 30 ފަރާތުގެ ގުރުއަތުލުން ވެސް ބާއްވާފައެވެ. އަދި ގުރުއަތުލުމަށްފަހު ވަނީ ގޯތިތަކުގެ ވަގުތީ ރަޖިސްޓްރީ އެ ފަރާތްތަކާއި ހަވާލު ކޮށްފައެވެ. 

މި ފަހަރު ފައިނުން ގޯއްޗަށް އެދުމަށް ހުޅުވާލި ފުރުސަތުގައި ޖުމުލަ 66 ފަރާތަކުން ވަނީ ގޯއްޗަށް އެދި ފޯމް ހުށަހަޅާފައެވެ. 

މިއަދު އޮތް ޖަލްސާގައި ފައިނު ކައުންސިލުން ބުނީ، ގޯތިތަކުގެ އިންފާހަގަ ކުރުމުގެ މަސައްކަތް ކުރިއަށް އޮތް ހަފްތާއެއްހާ ދުވަސްތެރޭ ނިންމާލުމަށް މަސައްކަތް ކުރާނެ ކަމަށާއި، އަދި ގޯތިތައް ހިމެނޭ ސަރަހައްދުގައި އޮންނަ މަގާއި ގޯޅިތަކުގައި ހުރި ރުއްގަސް ނަގާ ބިން ސާފު ކުރުމުގެ މަސައްކަތް ކުރުމަށް ބަޔަކު ހޯދުމަށް މިހާރު އިއުލާނު ކުރެވިފައި ވާކަމަށެވެ. 

ފައިނުން އެންމެފަހުން ގޯތި ދޫކުރީ 2020 ވަނަ އަހަރުއެވެ. 

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

1 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ސޭވް ފުނަފާ 1 year ago

ކޮބާހޭ ތިދޭންބުނި އެޖެންޑާ19، ކޮންމެ ކައިވެނީގެ ސެޓިފިކެޓަކަށް ދޭންބުނި ގެވަޅު

ރައްދު

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ