މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ކަނދުފަތި

އިނގުރައިދޫ ކައިރީ ކަނދުފައްޗެއް ގާއިމްކޮށްދީފި

ރ. އިނގުރައިދޫ ކައިރީ ސަރަހައްދުގައި ވަދު މަސްވެރިކަންކުރާ ފަރާތްތަކަށް ހާއްސަކޮށްގެން ކަނދުފައްޗެއް ގާއިމް ކޮށްދީފިއެވެ.

ފިޝަރީޒް މިނިސްޓްރީން މިއަދު ބުނެފައިވަނީ، މި ކަނދުފަތި ގާއިމް ކޮށްފައިވާނީ، އިނގުރައިދޫގެ އިރުމަތިން 5 މޭލު ބޭރުގައި ކަމަށެވެ. 
 
މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ސަރަހައްދުގައި ކަނދުފައްޗެއް ގާއިމު ކޮށްފައިވަނީ ރ. އަތޮޅުގެ ރައްޔިތުންގެ ގިނަބަޔަކު އެކަމަށް އެދެމުންދަނިކޮށެވެ. 
ކަނދުފަތި ގާއިމްކޮށްފައިވާ ސަރަހައްދު —
ރާއްޖޭގެ ކަނޑުމަހުގެ މަސްވެރި ކަމުގައި މުހިންމު ދައުރެއް އަދާކުރާ އޮއިވާލި ކަނދުފަތި އަޅާފައިވާ ހިސާބުތަކަށް ބަލާއިރު ރާއްޖޭގައި އެންމެ ގިނައިން މަސް ކަނދުފަތި އަޅާފައިވަނީ ހުވަދު އަތޮޅު އުތުރު ބުރި ނުވަތަ ގއ. އަތޮޅުގަ އެވެ. އެ އަތޮޅުގައި ހަ ކަނދުފައްޗެއް އަޅާފައިވާއިރު، ލ. އަތޮޅުގައި ފަސް ކަނދުފަތި، އަދި ގދ. ގައި ހަތަރު ކަނދުފަތި އަޅާފައިވެއެވެ.
 
ހުވަދު އަތޮޅު ފިޔަވައި ދެން އެންމެ ގިނައިން ކަނދުފަތި ހުރި ކ. އަތޮޅުގައި ހަތަރު ކަނދުފަތި ހއ. އަތޮޅު ވެސް ހަތަރު ކަނދުފައްޗެއް އެބައޮތެވެ. 

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ