މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: ޝަފީއު

ފައިނު ކައުންސިލްގެ ނައިބު ރައީސްކަމަށް ޙަސަން ވަޙީދު އިންތިހާބުކޮށްފި

ރ. ފައިނު ކައުންސިލުން ހުސްވެފައިވާ ނައިބު ރައީސްގެ މަގާމަށް ކައުންސިލް މެންބަރު ޙަސަން ވަހީދު މިއަދު އިންތިޚާބު ކޮށްފިއެވެ.

ނައިބު ރައީސްގެ މަގާމުގައި ކުރިން ހުންނެވި މުޙައްމަދު ފައިޞަލް އިސްތިއުފާ ދެއްވުމާއި ގުޅިގެން، އެ މަގާމަށް މީހަކު ހޮވުމަށް ވަނީ ކައުންސިލްގެ ޖަލްސާއަކަށް އެޖެންޑާ ކޮށްފައެވެ. ނަމަވެސް، މިމަހު 22 ގައި ބޭއްވި އެ ޖަލްސާގައި އެއްވެސް މެންބަރަކު ނައިބު ކަމުގެ މަގާމަށް ކުރިމަތިލާފައެއް ނުވެއެވެ. 
 
އެހެންކަމުން މިއަދު ބޭއްވި ޖަލްސާގައި ވަނީ ނައިބަކު ހޮވުމަށް އަލުން ފުރުސަތު ހުޅުވާލާފައެވެ. އެ ފުރުސަތުގައި ޙަސަން ވަޙީދު ކުރިމަތިލައްވާފައިވާއިރު، އޭނާ ނައިބުގެ މަގާމަށް ހޮވިފައިވަނީ 4 މެންބަރުންގެ ވޯޓާއެކުއެވެ. 
 
ފައިނު ކައުންސިލް އިންތިހާބުވީއިރު އެންމެ ފުރަތަމަ ތިއްބަވަނީ އެމްޑީޕީގެ 3 ކައުންސިލަރުންނާއި ޕީޕީއެމްގެ 2 ކައުންސިލަރުންނެވެ. ނަމަވެސް، ޙަސަން ވަޙީދު ޑިމޮކްރެޓްސްއަށް ބަދަލުވުމާއި ގުޅިގެން އެމްޑީޕީއަށް ވަނީ ކައުންސިލްގެ މެޖޯރިޓީ ގެއްލިފައެވެ.

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ