މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފަލަސްތީނާއެކު ތިބިކަން ހާމަކުރުމަށް ބޭއްވުނު އެއްވުމުގެ ތެރެއިން

ފަލަސްތީނަށް އެހީވުމަށް ފައިނުގައި ސިލްސިލާ ޕްރޮގްރާމްތަކެއް ކުރިއަށް ގެންދަނީ

ފަލަސަތީނުގައި ހާލުގައި ޖެހިފައިވާ މުސްލިމް އަޚުންނާއި އުޚުތުންނަށް އެހީތެރިވުމަށްޓަކައި ފައިނުގައި ސިލްސިލާކޮށް ހަރަކާތްތަކެއް ކުރިއަށް ގެންދަން ނިންމައިފިއެވެ.

ފައިނުގައި ހުރި ދައުލަތުގެ އިދާރާތަކާ ކުލަބް ޖަމިއްޔާތައް ގުޅިގެން ކުރިއަށްގެންދާ މި ޕްރޮގްރާމް މި މަހުގެ 26 ވަނަ ދުވަހުން ފެށިގެން 31 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދަން ވަނީ ނިންމާފައެވެ. 
 
މި ޕްރޮގްރާމްގައި ހިމެނިގެން، ފަންޑްރައިސް ކުރުމުގެ ގޮތުން، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން ޖަންބަލް ސޭލްއެއް ބާއްވަން ހަމަޖެހިފައިވާއިރު، އޭގެ އިތުރުން މަސްދަތުރު އަދި ކުޑަކުދިންގެ ހަވީރުފަދަ ހަރަކާތްތައް ކުރިއަށްގެންދަން ވަނީ ހަމަޖެހިފައެވެ. 
 
އޭގެ އިތުރުންވެސް ބައެއް ހަރަކާތްތައް ކުރިއަށް ގެންދަން ހަމަޖެހިފައިވާކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
 
މި ޕްރޮގްރާމްގެ ދަށުން ކުރިއަށް ގެންދާ ފުރަތަމަ ޕްރޮގްރާމްގެ ގޮތުގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ޖަމްބަލް ސޭލް މާދަމާ ހަވީރު ސްޓޭޖް ސަރަހައްދުގައި ކުރިއަށް ގެންދަން ވަނީ ހަމަޖެހިފައެވެ. އެ ސޭލްގައި ދެ ޖިންސުގެ ބޭފުޅުންނަށް ބޭނުންވާނެ އަންނައުނާ ހިފާގެންގުޅޭ ސާމާނުގެ އިތުރުން އެހެނިހެން ތަކެތިވެސް ހެޔޮ އަގުގައި ލިބޭނެކަމަށް އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީން މައުލޫމާތު ދެއެވެ. 
 
މި ސޭލްއަށް ތަކެތި ހަދިޔާ ކުރުމުގެ ފުރުސަތު މިހާރުވަނީ ހުޅުވާލާފައެވެ. 

މިލިޔުން ކިޔާލުމުން

100%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ