މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
މަސްދަތުރުގެ ތެރެއިން

ފަލަސްތީނާއެކު ފައިނު ރައްޔިތުން: މަސްދަތުރަށް ބޮޑު ތަރުހީބެއް

ފަލަސްތީނުގައި ހާލުގައި ޖެހުފައިވާ މުސްލިމުންނަށް އެހީތެރިވުމަށް ފަންޑް ހޯދުމަށް ފައިނުގައި ސިލްސިލާކޮށް ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރޭގައި ހިމެނިގެން ކުރިއަށް ގެންދިޔަ މަސް ދަތުރު ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

ފައިނުގައިހުރި ދައުލަތުގެ މުއައްސަސާތަކާއި ކުލަބު ޖަމިއްޔާތައް ހިމެނޭހެން މިއަދު ދޯނި އަދި ޑިންގީފަހަރުގައި ގިނަ އަދަދެއްގެ ބަޔަކު ފުރާފައިވާއިރު ރަނގަޅު އަދަދަކަށް މަސް ބާނާ ކިރުވާފައިވާކަމަށް މައުލޫމާތު ލިބެއެވެ. 
 
މަސް ބޭނުމުގެ އިތުރަށް މި ޕްރޮގްރާމްގެ ތެރެއިން ބޯވަ ނެގުންވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. 
 
މި ހަރަކާތުންވެސް ލިބޭ ހުރިހާ ފައިސާއެއް ހަދިޔާ ކުރުމަށް ހަމަޖެހިފައިވަނީ ފަލަސްތީނަށެވެ. 
 
ސިލްސިލާކޮށް ކުރިއަށް ގެންދާ ޕްރޮގްރާމްގެ ދަށުން ފައިނު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން އިސްނަގައިގެން ވަނީ ޖަމްބަލް ސޭލްއެއްވެސް ކުރިއަށް ގެންގޮސްފައެވެ. 
 
މި ޕްރޮގްރާމްގެ ދަށުން ކުރިއަށް ގެންދާ ކުޑަކުދިންގެ ހަވީރު އޮންނާނީ މިމަހުގެ 30 ވަނަ ދުވަހުއެވެ. 

މިލިޔުން ކިޔާލުމުން

100%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ