މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ޕްރެކްޓިސްގެ ތެރެއިން

ގޯލްޑަން ފުޓްސަލް ޗެލެންޖު: ފައިނު އެފްސީގެ ފުރަތަމަ މެޗް އިނގުރައިދޫއާއެކު

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ގޯލްޑަން ފުޓްސަލް މުބާރާތުގެ މެޗްތައް ފެށުން ކުޑަ ދުވަސްކޮޅަކަށް ވެފައިވާއިރު، ފައިނު އެފްސީގެ ޓީމް ސްކޮޑް މިހާރުވަނީ އިއުލާނު ކޮށްފައެވެ.

މި މުބާރާތް މި މަހުގެ 15 ވަނަ ދުވަހު ފަށާއިރު ފައިނު އެފްސީ ހިމެނޭ ގްރޫޕްގެ އެންމެ ފުރަތަމަ މެޗްގައި މިމަހުގެ 16 ވަނަ ދުވަހު ކުޅޭނީ ފައިނު އަދި އިނގުރައިދޫއެވެ. އެއަށްފަހު ދެން މި ގްރޫޕްގައި އޮންނާނީ މިމަހުގެ 20 ގައި އިނގުރައިދޫ އަދި ހުޅުދުއްފާރެވެ. ގުރޫޕްގެ އެންމެ ފަހު މެޗްގެ ގޮތުގައި އޮންނާނީ ހުޅުދުއްފާރު އަދި ފައިނު ބައްދަލުކުރާ މެޗެވެ. މުބާރާތަށް ކުޑަ ދުވަސްކޮޅަކަށް ވެފައިވާއިރު، ފައިނު އެފްސީން މިހާރު ދަނީ މުބާރާތަށް ވަރަށް ބޮޑަށް ތައްޔާރު ވަމުންނެވެ. އެގޮތުން މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ޕްރެކްޓިސް ފެށި ނަމަވެސް ޓީމަށް ކޯޗަކު ހަމަޖައްސައި ރަސްމީކޮށް ފަރިތަކުރުންތައް ފަށާފައި ވަނީ ޑިސެމްބަރ ދޭއް ގައެވެ. އަދި މުބާރާތުގައި ވާދަކުރާ ފައިނަލް ސްކޮޑް ފައިނަލް ކުރީ ޖެނުއަރީމަހުގެ 9 ވަނަ ދުވަހުއެވެ.

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

1 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

މުންޑޭ 3 months ago

މަގޭ ޓީމް އިނގުރައިދޫ ދެން އަތްޖަހާ

ރައްދު

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ