މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: އިންޓަނެޓް

ރ. އަތޮޅު ކައުންސިލްގެ ވޯލީ މުބާރާތުގެ ލޯގޯ ހެދުމުގެ ފުރުސަތު ހުޅުވާލައިފި

ރ. އަތޮޅު ކައުންސިލުން މި އަހަރު ކުރިއަށް ގެންދަން ނިންމާފައިވާ ވޮލީ މުބާރާތުގެ ލޯގޯ ހެދުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލައިފިއެވެ.

އެ ކައުންސިލުން މިއަދު ބުނީ، ވޮލީ މުބާރާތުގެ ލޯގޯ ހަދައިގެން ހޮވޭ ލޯގޯއަކަށް 700 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައި ކަމަށެވެ. 

އަދި ލޯގޯގައި ވޮލީ އާއި ރ. އަތޮޅު އަދި އެއްބައިވަންތަކަން ރަމްޒުކޮށްދޭން ވާނެކަމަށް އެ ކައުންސިލުން ވަނީ ބުނެފައެވެ. 

ލޯގޯ ހުށަހަޅަން ބޭނުންވާ ފަރާތްތަކުން މިމަހުގެ 18 ވަނަ ދުވަހުގެ ކުރިން އެ ކައުންސިލްގެ އީމެއިލްއަށް މެއިލްކުރަންޖެހެއެވެ. 

ރ. އަތޮޅު ކައުންސިލުން ވަނީ އަތޮޅު ޤުރުއާން މުބާރާތް ނޮވެމްބަރު 2 ވަނަ ދުވަހު، ވޮލީ ބޯލް އާއި ހޭންޑް ބޯލް ދެ މުބާރާތް އެއްކޮށް 25 ސެޕްޓެމްބަރުގައި ފަށާ ގޮތަށް އަދި ފުޓްސަލް މުބާރާތް 15 އޮކްޓޫބަރުގައި ބާއްވާ ގޮތަށް ނިންމާފައެވެ.  

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ