މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ޔޫއެންމީ ރިސޯޓް: ފޮޓޯ: ބުކިން.ކޮމް

ކެނޯގައި ނުކުމެ އުޅެނިކޮށް ގެއްލިގެން ހޯދަމުންދިޔަ ރިސޯޓު މުވައްޒަފު ފެނިއްޖެ

ރ. އަތޮޅުގެ ރިސޯޓަކުން ކެނޯއެއްގައި ނުކުތް ދިވެއްސެއް ގެއްލިގެން ހޯދަމުން ދަނިކޮށް ފެނިއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މީހާއަކީ ރ. އަތޮޅުގައި ހިންގާ ޔޫއެންމީ ރިސޯޓުގައި މަސައްކަތް ކުރާ މުވައްޒަފެކެވެ. އަދި އޭނާ ފެނިފައިވަނީ ކެނޯގައި ދުވާފަރަށް ދެވުމުން އެ ރަށުންކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. 

ފުލުހުން ދެންމެ ބުނީ، އެ މީހާ ސަލާމަތުން ދުވާފަރަށް ފޯރި ކަމަށާއި އެ މީހާގެ ހާލު ވެސް ރަނގަޅު ކަމަށެވެ. ނަމަވެސް މި ހާދިސާ މެދުވެރިވާން ދިމާވި ސަބަބެއް އަދި އެނގިފައެއް ނުވެއެވެ. މި ދުވަސްވަރަކީ ރާއްޖެއަށް މޫސުން ގޯސް ދުވަސްވަރެއްކަމުން މޫސުމާ ބެހޭ ގައުމީ އިދާރާއިން ދަނީ ކަނޑުދަތުރުކުރުމުގައި ސަމާލުވުމަށް އިލްތިމާސް ކުރަމުންނެވެ. މިއަދުގެ ހަވީރުވެސް ރ. އަތޮޅުގެ ގިނަ ރަށްތަކަށް ބޯކޮށް ވާރޭވެހި ބާރުވަޔާއެކު ކަނޑު ވަރަށް ގަދަވެފައިވެއެވެ. 

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ