މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: ޝަފީޢު

ރަސްމާދޫ މޮނިޓަރިންއަށް ލައިފި

ކޮވިޑް19 ގެ ކޭސްއެއް ރަށުތެރެއިން ފެނި، ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އެރަށް މޮނިޓަރިންއަށް ލައިފިއެވެ.

ރަސްމާދޫ ޞިއްޙީ މަރުކަޒުން މިއަދު ބުނެފައިވާ ގޮތުގައި، އެރަށުން 02 ސެޕްޓެމްބަރުގައި ވަނީ ފުލޫ ސާމްޕަލްތަކެއް ނަގާފައެވެ. އޭގެ ތެރެއިން ސާމްޕަލެއް ޕޮޒިޓިވް ވެފައިވާކަން މިއަދު އެނގިފައެވެ.

މިއާއި ގުޅިގެން އެރަށް މޮނިޓަރިންއަށް ލާފައިވާއިރު، އެރަށު ޞިއްޙީ މަރުކަޒުން ވަނީ އެރަށުގައި ދިރިއުޅޭ އެންމެން ވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައި، ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ އެންގުންތަކަށް ބޯލެނބުމަށް އިލްތިމާސް ކޮށްފައެވެ.

ރަސްމާދޫ މޮނިޓަރިން ހާލަތަށް ގެނައި މިއީ ދެވަނަ ފަހަރެވެ. 

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ