މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: އިންޓަނެޓް

މާމުނަގައު ރިސޯޓުގެ އިމާރާތަކުން ވެއްޓި ޒުވާނަކު ނިޔާވެއްޖެ

ރ. އަތޮޅުގައި ހިންގާ މާމުނަގައު ރިސޯޓުގެ އިމާރާތަކުން ވެއްޓި ޒުވާނަކު ނިޔާވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވެފައިވަނީ އެ ރިސޯޓްގައި މަސައްކަތް ކުރާ ފުވައްމުލަކު ދަޑިމަގު، ފަރިވާ، ޒައިދު އިބްރާހިމް 28، އެވެ.

މިހާދިސާއާޢި ގުޅިގެން ފުލުހުން ބުނީ، ރ.އަތޮޅު ރިސޯޓެއްގައި އިމާރާތެއްގެ ހަތަރުވަނަ ފަންގިފިލާއިން މީހަކު ވެއްޓިފައިވާ ކަމުގެ މައުލޫމާތު ރޭ 12:50 ހާއިރު ލިބިފައިވާ ކަމަށެވެ. 

ފުލުހުން ބުނީ، އުނގޫފާރު ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އެމީހާ ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ.

އެ ހާދިސާ އާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ވިދާޅުވެއެވެ.

މިލިޔުން ކިޔާލުމުން

0%
އުފާވި
100%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ