މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: ފޭސްބޫކް

ވަޒީފާއިން ވަކިކުރި މަޑުއްވަރީ މުދިމަށް އަލުން ވަޒީފާދޭން އަންގައިފި

ޓެރަރިޒަމަށް ހިތްވަރުދިން ކަމަށް ތުހްމަތުކޮށް ރ. މަޑުއްވަރިން 2020 ވަނަ އަހަރު ހައްޔަރުކުރި މީހަކު ގާނޫނާ ހިލާފަށް ވަޒީފާއިން ވަކިކޮށްފައިވާކަން ސާބިތުވެ އޭނާއަށް އަނބުރާ ވަޒީފާ ދޭން ސިވިލް ސަރވިސް ކޮމިޝަނުގެ މައްޗަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލްއިން ހުކުމްކޮށްފިއެވެ.

ޓްރައިބިއުނަލްއިން އިއްޔެ ނިންމާފައިވަނީ ރ.މަޑުއްވަރީ، ސައީދާމަންޒިލް، މުހައްމަދު މައުޖޫދު މުދިމެއްގެ ވަޒީފާގައި ހުއްޓާ އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ ގާނޫނާ އަދި އިޖްރާއަތްތަކާއި ހިލާފަށްކަން ސާބިތުވާ ކަމަށެވެ.

މައުޖޫދަކީ ރ.މަޑުއްވަރީގައި ހަރުކަށި ފިކުރާއި ޓެރަރިޒަމަށް ބާރުދޭ މީހުން އުޅޭކަމަށް ބުނެ 2020 ވަނަ އަހަރު ފުލުހުން ހިންގި އޮޕަރޭޝަންގައި ހައްޔަރުކުރި މީހުންގެ ތެރެއިން މީހެކެވެ. އޭނާ ހައްޔަރުކުރީ މިސްކިތު މުދިމެއްގެ ވަޒިފާގައި ހުއްޓައެވެ.
ވަޒީފާ އިން ވަކިކުރި މައްސަލައިގައި އޭނާ ސިވިލް ސަރވިސް ކޮމިޝަނާއި ދެކޮޅަށް ހުށައެޅި މައްސަލައިގައި ކުރި ހުކުމުގައި ބުނީ އޭނާ ވަޒީފާއިންވަކިކުރީ ވަޒީފާއާ ބެހޭ ގާނޫނުގައި ބުނެފައިވާ ގޮތާއި ހިލާފަށް ކަމަށެވެ. ވަޒީފާ އިން މީހަކު ވަކިކުރުމުގައި ގާއިމުކުރަންޖެހޭ ޖެހޭ މައުޞުއީ އަދި އިޖްރާއީ އަދުލުވެރިކަން އޭނާ ވަކިކުރުމުގައި ގާއިމުކޮށްފައި ނެތް ކަމަށް ނިންމުމުގައި ވެއެވެ.

މައުޖޫދުއާ މެދު ކަންކަންތައް ކޮށްފައިވާގޮތް ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގައި އޭނާ ވަނީ ތަފްސީލްކޮށް ކިޔާދީފައެވެ.

އޭނާ ވަޒީފާއިން ކަނޑާލުމާ ގުޅިގެން އެރަށު ކައުންސިލުންވެސް އޭރުވަނީ ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ވެސް އޭނާ ވަޒީފާއިން ވަކިކުރުމުގައި އަމަލު ކޮށްފައިވަނީ އުސޫލުތަކާ ހިލާފަށްކަމަށް ކައުންސިލުން ދެކޭކަމަށް ވަނީ ބުނެފައެވެ.

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ