މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: މީސްމީޑިއާ

ޔޫތު ކަޕްގެ ޗެމްޕިއަންކަން ގާގަނޑު އެފް. ސީ އިން ހޯދައިފި

ޔޫތު ކަޕްގެ ޗެމްޕިއަންކަން ގާގަނޑު އެފްސީ ހޯދައިފިއެވެ.

ރ. މަޑުއްވަރީ އަދި ރ. މީދޫގެ ޒުވާނުންނަށް ޚާއްޞަ ކޮށްގެން ކުރިޔަށް ގެންދިޔަ މި މުބާރާތުގައި، މިރޭ ފައިނަލްގައި ވާދަ ކޮށްފައިވަނީ، ރ. މީދޫ، ގާގަނޑު އެފްސީއާއި ތަންގަނޑު އެފްސީއެވެ. މި މެޗް ގާގަނޑުން ކާމިޔާބު ކުރީ 4 ލަނޑު 3 ލަނޑުންނެވެ. ފައިނަލް މެޗްގެ މޭން އޮފްދަ މެޗަކަށް ހޮވިފައިވަނީ، ގާގަނޑުގެ ޢަލީ ނަޒްމީއެވެ. 

މުބާރާތުގެ ޓޮޕް 5:
ލަޔާން އިބްރާހީމް - ގާގަނޑު އެފްސީ
ރަޝާދު ޢަބްދުލް މަތީން - ގާގަނޑު އެފްސީ
އާތިފް ޒާހިރު - ތަންގަނޑު އެފްސީ
މުޙައްމަދު ޖުމާން އަޙުމަދު - މަހީ އެފްސީ

މުބާރާތުގައި އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިޔަކަށް ހޮވިފައިވަނީ ގާގަނޑު އެފްސީގެ ރަޝާދު ޢަބްދުލް މަތީނެވެ. ބެސްޓް ޔަންގް ޕްލޭޔަރ، އަދި ފުޓްސަލް ކިންގްގެ މަޤާމް ހޯދީ ގާގަނޑު އެފްސީގެ ލަޔާން އިބްރާހީމެވެ. 
ފާއިތުވި އަހަރު މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ މީދޫ ހަވާސްއިންނެވެ. 

މި މުބާރާތަކީ، މަޑުއްވަރީ ދާއިރާގެ ޒުވާނުންނަށް އަމާޒުކޮށްގެން އެދާއިރާގެ މަޖިލިސް މެންބަރު އާދަމް ޝަރީފް ޢުމަރު ކުރިޔަށް ގެންދަވާ މުބާރާތެވެ. 

މިލިޔުން ކިޔާލުމުން

75%
އުފާވި
0%
ދެރަވި
25%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ