މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
މީދޫގައި ތަރައްޤީކުރާ ފުޓްބޯޅަ ދަނޑު: ފޮޓޯ: ރަފްހާން

ރ. މީދޫ ޓާރފް ދަނޑުގެ މައްސަލާގައި އެރަށު ޒުވާނުން އިހުތިޖާޖަށް ނުކުންނަނީ

ރ. މީދޫގައި ތަރައްޤީ ކުރާ ޓާރފް ދަނޑުގެ މަސައްކަތް ހުއްޓިފައި އޮންނަތާ ގިނަ ދުވަސްތަކެއް ވެފައިވާތީ އެ ރަށު ޒުވާނުން މިއަދު އިހުތިޖާޖު ކުރާގޮތަށް ނިންމައިފިއެވެ.

ރ. މީދޫގައި ޓަރފް ދަނޑެއް އެޅުމަށް ސަބްބޭސްގެ މަސައްކަތް މިދިޔަ 2020 ވަނަ އަހަރުގެ މާރޗް މަސް ތެރޭ ސަރުކާރުން ހަވާލުކުރީ ރޯޑު ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާއެވެ. 

50 ދުވަހުގެ ތެރޭގައި ނިންމަން ހަވާލުކުރި އެ މަސައްކަތް ކޮވިޑުގެ ސަބަބުން މަޑުޖެހުނު ނަމަވެސް 2020 ވަނަ އަހަރުގެ އޮކްޓޯބަރ 19 ވަނަ ދުވަހުވަނީ ސަބްބޭސްގެ ސަރވޭގެ މަސައްކަތް ފަށާފައެވެ. 
ސަބްބޭސްގެ މަސައްކަތް ފެށި ދުވަހު އާރްޑީސީގެ މެނޭޖިން ޑިރެކްޓަރ މޫސާ ޢަލީމަނިކު ފައިނު އޮންލައިންއަށް ވިދާޅުވީ، މިމަސައްކަތް އެކުންފުންޏާއި ޙަވާލު ކޮށްފައިވަނީ 50 ދުވަހުގެ ތެރޭގައި ނިންމުމަށް ކަމަށެވެ. އަދި ކޮވިޑް19 ގެ ސަބަބުން މިމަސައްކަތަށް މަޑުޖެހުމެއް އައިކަމުގައި ވީނަމަވެސް، ކަނޑައެޅިފައިވާ މުއްދަތުގައި މަސައްކަތް ނިންމާލެވޭނެކަމަށް އެދުވަހު ވަނީ ވިދާޅުވެފައެވެ. 

މީދޫގެ ޒުވާނަކު މަޢުލޫމާތު ދިންގޮތުގައި، އާރްޑީސީއާއި ހަވާލުވި ސަބްބޭސްގެ މަސައްކަތް އަހަރެއްހާ ދުވަހަށް ދިގުލައިގެން ގޮސްފައިވާއިރު، މިހާރުވެސް މަސައްކަތް ހުއްޓިފައި އޮންނަތާ 3 މަހެއްހާ ދުވަސް ވެދާނެއެވެ. އޭނާ ބުނީ، ދަނޑަށް އަޅާނެ ވެލި ނުލިބޭތީ ކާނުތައް ނަގާ، ދަނޑު ތިރިކުރަން އާރްޑީސީން ވިސްނަމުން ދާކަމަށެވެ. 

ނަމަވެސް، އެއީ ރަށުގެ ޒުވާނުންނާއި ކައުންސިލުން ވެސް ބޭނުންވާ ގޮތެއް ނޫން ކަމަށާއި އެހެންކަމުން، އެކަންކަމާއި ގުޅިގެން ހުރި ކަންބޮޑުވުންތައް ހާމަކުރުމަށް މާދަމާ އިހުތިޖާޖެއް ބާއްވަން ރާވާފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ. 

މި އިހްތިޖާޖު ފެށުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 4:30 ގައި ޓަރފް ދަނޑު އަޅާ ސަރަހައްދުގައެވެ. 
ޓަރފް ދަނޑުގެ މަސައްކަތް ލަސްވާތީ، އެ ދާއިރާގެ މަޖިލިސް މެންބަރު އާދަމް ޝަރީފް މިހާރުވަނީ، އެ މަސައްކަތް ލަސްވާ ސަބަބު ސާފުކޮށްދިނުން އެދި ރައްޔިތުންގެ މަޖިލީހަށް ވެސް މައްސަލައެއް ލާފައެވެ. 

މިކަމާއި ގުޅޭގޮތުން އާރްޑީސީ މީދޫ ސައިޓް ސްޕަވައިޒަރ ވިދާޅުވީ، މިހާރު މަސައްކަތް ލަސްވާ މައިގަނޑު ސަބަބަކީ ދަނޑަށް އަޅާނެ ވެލި ލިބުމުގައި ދަތިތަކެއް ހުރުން ކަމަށެވެ. 

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ