މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: އިސްމާއީލް ޝަފީއު

އެފްއޭއެމް އެޓޯލް ޝެމްޕިއަންޝިޕްގެ ރ. އަތޮޅު ޗެމްޕިއަންކަން ދުވާފަރުން ހޯދައިފި

އެފްއޭއެމް އެޓޯލް ޝެމްޕިއަންޝިޕްގެ ރ. އަތޮޅު ޗެމްޕިއަންކަން ދުވާފަރުން ހޯދައިފިއެވެ.

މިއަދު އިނގުރައިދޫގައި ކުޅުނު ފައިނަލް މެޗްގައި ދުވާފަރުން ޗެމްޕިއަންކަން ހޯދީ 3-1 އިންނެވެ.

މިއަދުގެ މެޗްގައި މެޗް ފެށިގެން ވެސް މޮޅަށް ކުޅެ ގިނަވަގުތު ބޯޅަ ގެންގުޅެފައިވަނީ ދުވާފަރުންނެވެ. ނަމަވެސް، ދާދި އެއްވަރެއްގެ ކުޅުމެއް އިނގުރައިދޫގެ ޓީމުން ވެސްވަނީ ދައްކާފައެވެ. 

މެޗްގެ ކުޅުން ފެށިގެން ފުރަތަމަކޮޅު ދުވާފަރުންވަނީ ގޯލެއް ޖަހާފައެވެ. އަދި މާގިނައިރުތަކެއް ނުވަ އިނގުރައިދޫން ވެސްވަނީ ގޯލެއް ޖަހާ ނަތީޖާ ހަމަހަމަކޮށްފައެވެ. 

ނަމަވެސް، ދުވާފަރުންވަނީ އިތުރަށް ކުޅުން ވަރުގަދަކޮށް އިތުރު 2 ގޯލްޖަހާ ލީޑު ފުޅާކޮށްފައެވެ. 

މި މުބާރާތުގެ ހަމައެކަނި މެޗް އަދި ފައިނަލް މެޗް ބެލުމަށް ދުވާފަރުންނާއި އަވަށްޓެރި ކައިރި ރަށްރަށުން އެތައްސަތޭކަ ބަޔަކު ވަނީ އިނގުރައިދޫއަށް ގޮސްފައެވެ. 

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ