މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: ވޮއިސް

އެފްއޭއެމް އެޓޯލް ޗެމްޕިއަންޝިޕްގައި ދުވާފަރު އަދި އިނގުރައިދޫ މެޗް މާދަމާ

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާއި ކްލަބް މޯލްޑިވްސް ގުޅިގެން މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ "އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް 2026" ގެ ރ. އަތޮޅުގެ ފައިނަލްގައި މާދަމާ އިނގުރައިދޫއާއި ދުވާފަރު ބައްދަލު ކުރާނެއެވެ.

މިއީ ރާއްޖޭގައި ފުޓްސަލް ކުރިއެރުވުމަށް އެފްއޭއެމް އާއި ކްލަބް މޯލްޑިވްސްއާ ދެމެދު މި އަހަރުގެ މޭ މަހު ވެވުނު އެއްބަސްވުމުގެ ދަށުން ބާއްވާ ތާރީޚީ މުބާރާތެކެވެ. މި މުބާރާތް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރުދަނީ ފަށައިގެން ކުރިއަށެވެ. މި މުބާރާތުގެ ސަބަބުން ރަށްރަށުގެ ކުޅުންތެރިންނަށް ގައުމީ ފެންވަރުގައި ހުނަރު ދައްކާލުމުގެ އައު ފުރުސަތުތަކެއް ފަހިވެގެންދާނެއެވެ.

މި މުބާރާތުގައި ރ. އަތޮޅުން ބައިވެރިވެފައިވަނީ އެންމެ ދެ ޓީމެވެ. އެއީ އިނގުރައިދޫ އަދި ދުވާފަރެވެ. މި ދެ ޓީމަކީ ރ. އަތޮޅު ފުޓްސަލްގައި އެންމެ ވާދަވެރި ދެ ޓީމެވެ. އެގޮތުން އަތޮޅު ކައުންސިލުން ކުރިއަށް ގެންދިޔަ އަރުތަ ފުޓްސަލް މުބާރާތުގެ ކޮންމެ ފައިނަލެއްގައި ވެސް ވާދަކޮށްފައިވަނީ މި ދެ ޓީމެވެ. 

19 ވަނަ ދުވަހުގެ ހަވީރު މެޗް ކުޅެން ހަމަޖެހިފައިވާއިރު މެޗް އޮންނަ ރ. އިނގުރައިދޫން ދަނީ ގިނަ ތައްޔާރީތަކެއް ވަމުންނެވެ.

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ