މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: މީސްމޑިއާ

މީދޫ ބަނދަރު ތެރެއިން މަރުވެފައިވާ 5 ޓަނުގެ މުށިމަސް ނަގައިފި

ރ. މީދޫ ބަނދަރުގައި ގިނަ އަދަދެއްގެ މުށިމަސް މަރުވެގެން ނަގައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޖުމުލަ 5 ޓަނަށްވުރެ ގިނަ މުށިމަސް މިހާރުވަނީ މަރުވެގެން ނަގާފައެވެ.

މީދޫ ކައުންސިލްގެ ރައީސް، އަޙްމަދު ނަސީމް ވިދާޅުވީ، ބަނދަރުތެރޭގައި މުށިމަސްތައް މަރުވަމުންދާކަން ފާހަގަކުރެވުނީ، މީގެ ދެތިން ދުވަހެއް ކުރިން ކަމަށެވެ. 

ހާއްސަކޮށް މިއަދު ގިނަ އަދަދެއްގެ މަސް މަރުވެފައިވާތީ މަރުވެފައިވާ މަސްތައް ނެގުމުގެ މަސައްކަތް، ރަށުގެ ކައުންސިލާއި ރައްޔިތުން ގުޅިގެން ކުރަމުން އަންނައިރު، މިހާތަނަށް ގާތްގަނޑަކަށް 5 ޓަނުގެ މަސް ނެގިފައިވާނޭ ކަމަށް ލަފާކުރެވޭ ކަމުގައި އޭނާ ވިދާޅުވިއެވެ. 

އޭނާ ވިދާޅުވީ މިހެން ދިމާވީ ހޫނު ގަދަވެގެންކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި މީގެ ކުރިންވެސް މިހެން ދިމާވާކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އަދިވެސް ހުރިހާ މަހެއްް ނަގާ ނުނިމޭ ކަމަށާއި މަސްތައް ނެގުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރަމުން ކަމަށެވެ. 

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ