މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41

ފައިނު ސިއްހީ މަރުކަޒު އެކްސްޓެންޝަން އިމާރާތުގެ މަސައްކަތް ފެށިގެން ކުރިއަށް

ރ. ފައިނު ސިއްހީ މަރުކަޒުގެ ޖާގައިގެ ދަތިކަން ހައްލުކުރުމަށްޓަކައި، އެ މަރުކަޒަށް އިތުރުކުރާ ބައިގެ އަމަލީ މަސައްކަތް ފެށިގެން ކުރިއަށް އެބަދެއެވެ.

މި މަސައްކަތަކީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑާ ހަވާލުކުރެވުނު މަސައްކަތެކެވެ. ނަމަވެސް، އެ ކުންފުނިން މިހާރުވަނީ މި މަސައްކަތް އަމިއްލަ ކުންފުންޏެއްކަމަށްވާ އުފާފާގަތި ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައެވެ. 

މި މަސައްކަތް ފެށިގެން މިހާރު ކުރިއަށްދާއިރު މިހާރު ކުރިއަށްދަނީ، ފައުންޑޭޝަންގެ މަސައްކަތްތަކެވެ. 

މައުލޫމާތު ލިބިފައިވާގޮތުގައި މި އިމާރާތުގައި ސިއްހީ މަރުކަޒުގެ އެކި މަސައްކަތްތަކަށް ބޭނުންވާ ގިނަ ވަސީލަތްތަކެއް ގާއިމުކުރެވިގެންދާނެއެވެ. އަދި ސައިޒުގެ ގޮތުން ވެސް މިއިމާރާތަކީ މިހާރު ހުރި އިމާރާތެކޭ ގާތްގަނޑަކަށް އެއްވަރު އިމާރާތެކެވެ. 

ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތް މިހާރު ކުރިއަށް ދާއިރު، މިހާރު މަރުކަޒުގެ މަސައްކަތްތައް ކުރިއަށް ގެންދަނީ ޖާގައިގެ ގޮތުން ވަރަށް ކުޑަ ތަންކޮޅެއްގައެވެ. އެގޮތުން ބަލިމީހުން ބެލުމަށް އަދި ފަރުވާ ދިނުމަށް އެކަށީގެންވާ ޖާގައެއް ނެތްއިރު، އިދާރީ ބަޔަށް ބޭނުންވާ ޖާގަވެސް އެތަނުގައި ހަމަޖެއްސުމަށްވަނީ ދަތިވެފައެވެ. 

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ