މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41

ޤައުމީ މުބާރާތުގެ އެކި ވަނަތައް ފައިނު، އިންނަމާދޫ އަދި މީދޫގެ ބައިވެރިންނަށް

ކީރިތި ޤުރްއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތުގައި ރ. އަތޮޅުން ވާދަކުރި ރަށްރަށުން ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދައިފިއެވެ.

މި މުބާރާތުގައި ރ. އަތޮޅަށް ބަލާއިރު، އެކި ރަށްރަށުން ބައިވެރިވީނަމަވެސް، މުބާރާތުގެ ފައިނަލަށް ދަތުރު ކުރެވުނީ މަދު ބައިވެރިއަކަށެވެ. 

ފައިނަލްގައި ވާދަކުރި ބައިވެރިންގެ ތެރެއިން ވަނަތަކަށް ދިޔަ ބައިވެރިންނަށް ބުރާސްފަތި ދުވަހުގެ ރޭ ވަނީ އިނާމު ދީފައެވެ. 

އެގޮތުން، މި މުބާރާތުގައި ވަނަތަކަށް ބަލާއިރު، ރ. އިންނަމާދޫ ސީނާ، އާރާ ބިންތު ޝަރީފް ވަނީ 10 އަހަރުން ދަށުގެ އުމުރުފުރައިން ބަލައިގެން ކިޔުމުން 2 ވަނަ ހޯދާފައެވެ. 

އޭގެ އިތުރުން ރ. މީދޫ އާއިޝް ބިންތު ޙަސަން ފަވާޒު ވަނީ 6 އަހަރުން ފަށުން ބަލައިގެން ކިޔުމުން 2 ވަނަ ހޯދާފައެވެ. 

އަދި ފައިނުން ބައިވެރިވި، ރ. ފައިނު މެހުރާ، ތުޤާ ބިންތު އިބްރާހީމް ފައިޞަލް ވަނީ 10 އަހަރުން ދަށުގެ ބަލައިގެން ކިޔުމުން 3 ވަނަ ހޯދާފައެވެ. އަދި ދެން ފައިނުން ފައިނަލްގައި ކިޔެވި ޙަމްނާ ބިންތު އިބްރާހީމް ފައިޞަލް ވަނީ 6 އަހަރުން ދަށުން ބަލައިގެން ކިޔުމުން 1 ވަނަ ހޯދާފައެވެ. 

މި މުބާރާތް މި އަހަރު ކުރިއަށް ގެންގޮސްފައިވަނީ ދެ ބުރަކަށް ބަހާލައިގެނެވެ. އެއީ ސެމީ ފައިނަލް އަދި ފައިނަލް ހިމެނޭހެނެވެ. މި މުބާރާތަކީ މިހާތަނަށް ރާއްޖޭގައި ބޭއްވި އެންމެ އަގުބޮޑު ޤުރްއާން މުބާރާތެވެ.

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ