މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41

މި އަހަރު ވެސް ފައިނު ދުވަހާ ގުޅުވައިގެން ގިނަ ހަރަކާތްތަކެއް

މި އަހަރު ވެސް ފައިނު ދުވަސް ރަށު ފެންވަރުގައި ކުލަގަދަކޮށް ފާހަގަ ކުރުމަށް ގިނަ ހަރަކާތްތަކެއް ފައިނު ކައުންސިލުން ރާވަައިފިއެވެ.

ފައިނު ކައުންސިލުން މިހާރުވަނީ އެ ދުވަހުގެ ހަރަކާތްތައް އިއުލާނުކޮށްފައެވެ. ފައިނު ކައުންސިލުން އިއުލާން ކޮށްފައިވާ ތާވަލު: 

2 ނޮވެންބަރު 2026
- ފަތިސް ނަމާދު ޖަމާއަތުގައި ކުރުން
- ރައްޔިތުންގެ ހިނގާލުން
- ރައްޔިތުންގެ ކޭން

3 ނޮވެންބަރު 2026
- އިސްރަށްވެހީންގެ ދަތުރު
- އެކުވެރިކަމުގެ ފުޓްސަލް މެޗް އަދި އަންހެނުންގެ ކުޅިވަރުތައް

11 ނޮވެންބަރު 2026 
- ދެ ޖިންސަށް ހާއްސަ މަސްރޭސް

މި ހަރަކާތްތަކުގެ އިތުރުން، ފައިނު ޕްރޮމޯޓްކުރުމުގެ ގޮތުން ކައުންސިލުންވަނީ ރަށުގެ ރީތި އެކި ފޮޓޯތައް ބައިވެރިކޮށްގެން ފޮޓޯ މުބާރާތެއް ކުރިއަށް ގެންދިޔުމަށް ނިންމާފައެވެ. މި މުބާރާތަށް ފޮޓޯ ހުށަހެޅުމުގެ ސުންގަޑި ނޮވެންބަރު 2 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލާފައެވެ.

ދުވަހަށް ތައްޔާރު ވުމުގެގޮތުން ކައުންސިލާ ރަށުގެ މުއައްސަސާތައް ގުޅިގެން މިހާރުދަނީ ސާފު ކުރުމުގެ ޕްރޮގްރާމްތައް ކުރިއަށް ގެންދަމުންނެވެ. އެގޮތުން ސިއްހީ މަރުކަޒުގެ ފަރާތުން ރަށުގެ އަތިރިމަތި ގަސްތައް ކޮށައި ރީތި ކުރުމުގެ މަސައްކަތް ކޮށްފައިވާއިރު ސްޓެލްކޯ ފައިނު ބްރާންޗުންވަނީ އަތިރިމަަތި ރުއްގަސް ދިއްލުމުގެ މަސައްކަތް ކޮށްފައެވެ. 

ފައިނު ދުވަހަކީ ފާއިތުވި 2025 ވަނަ އަހަރު މުޅީން އަލަށް ފައިނުގައި ފާހަގަކުރަން ފެށި ދުވަހެކެވެ. ދުވަސް ފާހަގަ ކުރުމަށް މިދިޔަ އަހަރު ވެސް ވަނީ އެކި ދުވަސްތަކަށް ބަހާލައިގެން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ.

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ