މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41

ވެމްކޯ ވަންދޫ މުވައްޒަފުން ފައިނުގައި ގަސް އިންދުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި

ރ. ވަންދޫގައި ހުންނަ ކުނި މެނޭޖުކުރާ މަރުކަޒުގައި މަސައްކަތްކުރާ ވެމްކޯގެ މުވައްޒަފުންވެގެން ފައިނުގައި ގަސް އިންދުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

އިއްޔެ ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި ވަންދޫގައި މަސައްކަތްކުރާ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވެފައިވާއިރު ގަސް އިންދުމުގެ ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ފައިނު ކައުންސިލާ ގުޅިގެނެވެ. 

އެގޮތުން ރަށުގެ ދެ ސަރަހައްދެއްގައި ވަނީ އެކި ބާވަތްތަކުގެ ގަސް އިންދާފައެވެ. އެގޮތުން ފައިނުގައި އަލަށް އިމާރާތްކުރަމުންދާ ކައުންސިލްގެ އިދާރާގެ އިމާރާތް ކައިރިއާއި ފިޓްނަސް ސެންޓަރު ކައިރީ ގަސް އިންދުމުގެ މަސައްކަތް ވަނީ ކޮށްފައެވެ. 

ވެމްކޯ ވަންދޫ މުވައްޒަފުން މައުލޫމާތު ދިންގޮތުގައި މިއީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިއުލާނު ކުރައްވާފައިވާ ފަސްމިލިއަން ގަސް ޕްރޮގްރާމްގެ ތެރެއިން ކުރިއަށް ގެންދެވުނު ހަރަކާތެކެވެ. 


މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ