މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41

އިންނަމާދޫ ކައުންސިލުން ފަސްލައްކަ ރުފިޔާ ދޭ ފުޓްސަލް މުބާރާތެއް ރ. އަތޮޅަށް ބާއްވަނީ

ރ. އިންނަމާދޫ ކައުންސިލްގެ ފަރާތުން ރ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކަށް ހުޅުވާލައިގެން ފުޓްސަލް މުބާރާތެއް ބާއްވަން ނިންމައިފިއެވެ.

އެ ކައުންސިލުން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، ރ. އަތޮޅުގެ މީހުން ދިރިއުޅޭ ކޮންމެ ރަށަކަށް އެ ރަށެއް ތަމްސީލުކުރާ ޓީމްތަކަށް ފުރުސަތު ހުޅުވާލައިގެން ބާއްވާ މި މުބާރާތް ފަށަން ހަމަޖެހިފައިވަނީ މި އަހަރުގެ ޑިސެންބަރު 14 ވަނަ ދުވަހު ކަމަށެވެ. 

މުބާރާތުގެ އެންމެ ފާހަގަކޮށްލެވޭ ކަމެއްގެ ގޮތުގައި ފާހަގަ ކުރެވެނީ އިނާމުތަކަށް ދޭ ފައިސާގެ އަދަދެވެ. އެގޮތުން، ދޭން ނިންމާފައިވާ ފައިސާގެ އިނާމުތައް،
1. ޗެމްޕިއަން ޓީމަށް: 500،000 (ފަސްލައްކަ ރުފިޔާ)
2. ރަނަރަޕް ޓީމަށް: 250،000 (ދެ ލައްކަ ފަންސާސް ހާސް ރުފިޔާ)
3. ފެއަރޕްލޭ ޓީމަށް: 50،000 (ފަންސާސް ހާސް ރުފިޔާ)

މި އިނާމުތަކާ އެކު މި މުބާރާތް ވާނީ ރ. އަތޮޅުގައި ވެސް އަދި ރާއްޖޭގައި ވެސް ބާއްވާ އެންމެ ބޮޑު ފައިސާގެ އިނާމު ލިބޭ ފުޓްސަލް މުބާރާތަށެވެ. 

މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު، 22 ނޮވެންބަރު 2026 ވަނަ ދުވަހުގެ 13:00 ގެ ކުރިން ރަޖިސްޓްރީ ވާންޖެހެއެވެ. 

ފާހަގަކޮށްލެވޭ ގޮތުގައި އިންނަމާދޫއަކީ ރ. އަތޮޅު ކައުންސިލުން އަތޮޅު ފުޓްސަލް މުބާރާތް ކުރިއަށް ގެންދިޔައިރު 2 އަހަރަކު ޖެހިޖެހިގެން މުބާރާތް އިންތިޒާމުކުރި ރަށެވެ. 

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ