މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: ރައްޔިތުންގެ ނޫސް

ބޯކޮށް ވާރޭވެހި އިންނަމާދޫގެ 13 ގެއަކަށް ފެންވަދެއްޖެ

މިއަދު މެންދުރުފަހު ރ. އިންނަމާދޫއަށް ބޯކޮށް ވާރޭ ވެހުމާ ގުޅިގެން އެ ރަށުގެ 13 ގެއަކަށް ފެންވަދެއްޖެއެވެ.

އެ ރަށުން މައުލޫމާތު ދިންގޮތުގައި މެންދުރުފަހު 1:30 ހާއިރުން ފެށިގެން ވެހެމުންދިޔަ ވާރެއާ ގުޅިގެން އެ ރަށުގެ ފުޓުސަލް ދަނޑު ހިމެނޭ ސަރަހައްދުގައި ދޮޅު ފޫޓަށް ވުރެ މައްޗަށް ފެންގަނޑު އެރި ކަމަށެވެ.

އެ ސަރަހައްދުން 13 ވަރަކަށް ގެއަށް ފެންވަދެފައިވާ އިރު އޭގެ ތެރެއިން ދެ ގެއަކަށް ވަރަށް ބޮޑަށް ފެންވަދެ ގެއްލުން ލިބުނުކަމަށް މައުލޫމާތު ލިބެއެވެ.

އިންނަމާދޫ ކައުންސިލްގެ ރައީސް އިބްރާހީމް ހަލީމް ބައެއް ނޫސްތަކަށް ވިދާޅުވީ ފެންބޮޑުވި ސަރަހައްދަކީ ކޮންމެ މޫސުމީ ވިއްސާރައެއްގައި ވެސް މި މައްސަލަ ތަކުރާރުވާ ސަރަހައްދެއް ކަމަށާއި އެ ސަރަހައްދުގައި 50 އަށް ވުރެ ގިނަ ގެ ހުންނަ ކަމަށެވެ. 

ފެންގަނޑު ހިންދުމުގެ މަސައްކަތުގައި ކައުންސިލާއި ފުލުހުންނާއި އެ ރަށުގައި މަޝްރޫޢުތައް ހިންގަމުން އަންނަ އެމްޓީސީސީގެ މުވައްޒަފުންނާއި ރައްޔިތުން ގުޅިގެން ކޯރު ކަނޑައި ފެން ހިންދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ