މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41

އިނގުރައިދޫ ބަލިކޮށް ޒޯން 2 ގެ ޗެމްޕިއަންކަން ދުވާފަރުން ހޯދައިފި

އެފްއޭއެމް އެޓޯލް ޗެމްޕިއަންޝިޕްގެ ޒޯން 2 ގެ ޗެމްޕިއަންކަން ރ. ދުވާފަރުން ހޯދައިފިއެވެ.

ޒޯން 2 ގެ ޗެމްޕިއަންކަން ދުވާފަރުން ހޯދީ މިރޭ ނ. މަނަދޫގައި ރ. އިނގުރައިދޫއާ ކުޅެގެން 1 - 0 ގެ ނަތީޖާއަކުންނެވެ. 

މިރޭ ކުޅުނު މެޗްގައި ދެ ޓީމުން ވެސް ވަނީ ވާދަވެރި ކުޅުމެއް ކުޅެފައެވެ. މެޗްގެ ގިނަ ވަގުތު ގޯލެއް ނުފެނި ދިޔުމަށްފަހު ފުރަތަމަ ހާފް ނިމެންދަނިކޮށް ދުވާފަރުން ވަނީ ގޯލެއް ޖަހާފައެވެ. 

ދުވާފަރު ޓީމަށް މި ގޯލް ޖަހައިދިނީ ލިބުނު ހިލޭ ޖެހުމަކުން އެ ޓީމްގެ އިޝާމް (ސަންޓޭ) އެވެ. 

ފާހަގަކޮށްލެވޭ ގޮތުގައި މި ދެ ޓީމަކީ ރ. އަތޮޅުގެ ފުޓްސަލްގައި މި ފާއިތުވި 8 ވަރަކަށް އަހަރު ކުޅެވުނު އެކި މުބާރާތްތަކުގެ ފައިނަލް މެޗްތަކުގައި ކުޅެފައިވާ ދެ ޓީމެވެ. އެގޮތުން އެފްއޭއެމް އަތޮޅު ޗެމްޕިއަންޝިޕްގައި އަތޮޅު ފައިނަލްގައި ވާދަކުރީ ވެސް މި ދެ ޓީމެވެ. އެ މެޗް ކާމިޔާބުކުރީ ދުވާފަރުންނެވެ. 

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ