މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: އިސްމާއީލް ޝަފީޢު

ފައިނު ސްޕޯޓްސް އެކެޑެމީ އިފްތިތާހްކޮށްފި

ރ. ފައިނުގައި މުޅީންއަލަށް ކުޅިވަރު އެކެޑެމީއެއް އުފައްދައިފިއެވެ.

ފައިނު ސްޕޯޓްސް އެކެޑެމީގެ ނަމުގައި ކުރިއަށް ގެންދާ މި އެކެޑެމީ ރޭ ވަނީ އިފްތިތާހު ކޮށްފައެވެ. 

މި ސްޕޯޓްސް އެކެޑެމީ އިފްތިތާހް ކުރުމަށް ރޭ ފައިނުގައި ކުރިއަށް ގެންދިޔަ ހަފްލާއެއްގައި އެކެޑެމީ ރަސްމީކޮށް އިފްތިތާހް ކޮށްދެއްވީ ޑރ. އާދަމް ޝަމީމްއެވެ. 

މިއީ ފައިނުގައި ކުޅިވަރަށް މޮޅު ނަމޫނާ ބަޔަކު އުފެއްދުމުގެ މަގުސަދުގައި ކުލަބް ޔަންގް ސްޓަރސް އިން އިސްނަގައިގެން ފެށި އެކެޑެމީއެކެވެ.

ފައިނު ސްޕޯޓްސް އެކެޑެމީ އިން މައުލޫމާތު ދިންގޮތުގައި ފުރަތަމަ އެކެޑެމީގެ ސެޝަންތައް ކުރިއަށް ގެންދެވޭނީ ފިރިހެން ކުދިންނަށް ހާއްސަކޮށްގެނެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި އަންހެން ކުދިންނަށް ހާއްސަކޮށްގެން ވެސް އެކެޑެމީގެ ހަރަކާތްތައް ފެށުމަށް ހަމަޖެހިފައިވާކަމަށް ވަނީ މައުލޫމާތު ދީފައެވެ.

ރޭ އިިފްތިތާހު ކުރެވުނު އެކެޑެމީގައި 52 ދަރިވަރުން ވަނީ ބައިވެރިވެފައެވެ. 

ދަރިވަރުންގެ ފަރިތަކުރުންތައް ފެށުމުގެ ކުރިން ޓްރެއިން ކޮށްދޭ މީހުންގެ ޓްރޭނިން މިހާރުވަނީ ފަށާފައެވެ. މި ޓްރޭނިންގ ކުރިއަށް ގެންގޮސްދެނީ ރާއްޖޭގެ މަޝްހޫރު ކޯޗެއްކަމަށްވާ އަޙްމަދު ނިޔާޒު މޫސާ (ޓެޑް) އެވެ.

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ