މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: އެމްޓީސީސީ

ކިނޮޅަހު ބަނދަރު ބޮޑުކުރުމުގެ މަސައްކަތް ފެށިގެން ކުރިޔަށް

ރ. ކިނޮޅަހު ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ފެށިގެން ކުރިޔަށް ދާކަމަށް އެ މަސައްކަތާއި ހަވާލުވެފައިވާ އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން އިއްޔެ ބުނީ، ކިނޮޅަސް ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ މިހާރު ހުރި އެއްގަމުތޮށި ތަޅާލުމުގެ މަސައްކަތާއި މިހާރު ހުރި ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތް ކަމަށެވެ. 

މި މަޝްރޫއުގެ ދަށުން، ބަނދަރު ފުންކުރުމާއި، 162 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިންސް ޖެހުމާއި، 285 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 65 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 186 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، ރޭމްޕެއް ހަރުކުރުމާއި، 1663.36 އަަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، ނެރުބައްތި ހަރުކުރުމާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނޭ ކަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ. 

މި މަޝްރޫއަކީ 45.1 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. ފާހަގަކޮށްލެވޭ ގޮތުގައި ކިނޮޅަހު ބަނދަރުގެ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ފަށާފައިވަނީ އެ ރަށު ބަނދަރަށް ވެލިވަދެ ލަފާފުރުމަށް ދަތިވެ ރައްޔިތުން ރަށު ބަންދުވެފައި ތިބެން ޖެހިފައިވާތީ ރައްޔިތުން ނުކުމެ އިހުތިޖާޖުވެސް ކޮށްފައިވަނިކޮށެވެ.

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ