މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: ޝަފީއު

ފައިނު ދަނޑުވެރިންނަށް ބޭނުންވާ ގަސްކާނާ ގެނެސްދޭނެ ފަރާތެއް ހޯދަނީ

ފައިނު ދަނޑުވެރިންނަށް ބޭނުންވާ ގަސްކާނާއާއި ބޭސް ގަނޑުކޮށް ގެނެސްދޭނެ ފަރާތެއް ހޯދަން ފައިނު ކައުންސިލުން އިއުލާނު ކޮށްފިއެވެ.

ފައިނު ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، ދަނޑުވެރިންނަށް ބޭނުންވާ ގަސްކާނާ ގެނެސް ފައިނު ބަނދަރާ ހަމައަށް ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކުން 2 ޖަނަވަރީ 2023 ވަނަ ދުވަހުގެ 11:00 ގެ ކުރިން ބިޑުގައި ރަޖިސްޓްރީވާން ޖެހޭނެ ކަމަށެވެ. 

އަދި ބިޑުގައި ރަޖިސްޓްރީވާ ފަރާތްތަކަށް މަސައްކަތުގެ މައުލޫމާތު އެރުވޭނެ ކަމަށާއި ބިޑުތައް ބަލައިގަތުން އޮންނާނީ 5 ޖަނަވަރީ 2023 ވަނަ ދުވަހުގެ 11:00 ގައި ކަމަށްވެސް އިއުލާނުގައި ބުނެފައިވެއެވެ. 

ފައިނުގައި މީގެ 5 ވަރަކަށް އަހަރުން ފެށިގެން ވެސް ދަނޑުވެރިންނަށް ބޭނުންވާ ގަސްކާނާއާއި ބޭސް ގަނޑުކޮށް ގެނެސް ކްރެޑިޓް ފެސިލިޓީއެއްގެ ދަށުން ދަނޑުވެރިންނަށް ދޫކޮށްދެނީ ކައުންސިލުންނެވެ. އަދި އެ ފައިސާ ދެއްކުމަށް ދަނޑުވެރިންނަށް 3 މަސް ދުވަހުގެ މުއްދަތެއް ކައުންސިލުން ދެއެވެ. 

އެހެންކަމުން މި ހިދުމަތް ވެފައިވަނީ ދަނޑު ހެއްދުމަށް ދަނޑުވެރިންނަށް ލިބޭ ވަރަށް ބޮޑު ފަސޭހައަކަށެވެ. 

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ