މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: ފައިނު ސްކޫލް

ފައިނު ކައުންސިލުން ފައިނު ސްކޫލްގައި ޑިޖިޓަލް ލަރނިންގ ސެންޓަރެއް ގާއިމުކޮށްދީފި

ފައިނު ކައުންސިލުން ފައިނު ސްކޫލްގައި ޑިޖިޓަލް ލަރނިންގ ސެންޓަރެއް ގާއިމުކޮށްދީފިއެވެ.

ފައިނު ކައުންސިލުން ބުނެފައިވަނީ މިއީ ޑިޖިޓަލް ލަރނިންގެ ދާއިރާއިން ފައިނު ސްކޫލްގެ ދަރިވަރުންނަށް ފުރުސަތުތައް ހޯދައިދީ ޒަމާނީ ޓެކްނޮލޮޖީއަށް ލޯހުޅުވައިދީ އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ދަރިވަރުންނަށް ތައުލީމު އުނގަންނައިދިނުމުގެ މަގުސަދުގައި ކައުންސިލުން އިސްނަގައިގެން ގާއިމުކޮށްދިން ސެންޓަރެއްކަމަށެވެ.

މި ސެންޓަރު މިއަދު ހުޅުވާފައިވާއިރު ސެންޓަރުގެ ނަމަކަށް ކިޔާފައިވަނީ ‘ހުސައިން ޒަކަރިއްޔާ ޑިޖިޓަލް ލަރނިންގ ސެންޓަރ’ އެވެ.

މިތަނަށް ހުސައިން ޒަކަރިއްޔާގެ ނަމުން ނަން ދީފައިވަނީ މަރުހޫމް ހުސައިން ޒަކަރިއްޔާ ފައިނުގެ ތައުލީމަށް ކޮށްދެއްވި އަގުހުރި ހިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުންނެވެ.
ފޮޓޯ: ފައިނު ކައުންސިލް
ހުސައިން ޒަކަރިއްޔާވަނީ ފައިނުގައި ތައުލީމު ފެށިގެން އައި ދުވަސްވަރު މުދައްރިސެއްގެ ގޮތުގައި ގިނަ އަހަރުތަކެއްވަންދެން ހިދުމަތް ކޮށްދެއްވާފައެވެ. އަދި ކުރީގެ ފައިނު އޮފީހުގައި ވެސް ގިނަ ދުވަސްތަކެއްވަންދެން މަސައްކަތް ކުރައްވާފައިވެއެވެ.

މި ސެންޓަރު ގާއިމުކުރުމުގައި ހުސައިން ޒަކަރިއްޔާގެ އާއިލާގެ ފަރާތުންވަނީ ބޮޑު އެހީތެރިކަމެއް ދެއްވާފައެވެ.

މިއަދު އޮތް ހާއްސަ ރަސްމިއްޔާތެއްގައި މި ސެންޓަރު ހުޅުވައިދެއްވީ ރ. އަތޮޅު ކައުންސިލްގެ ރައީސް ޙުސައިން ނާސިފެވެ.

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ