މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: މިހާރު

ސާބިތު ކަމާއެކު، ހަމަ އެ ޢަޒުމް – އެންމެންގެ ފަލާޙް

އެއީ ސާދާކަމާއި ހިތްހެޔޮކަމުގެ ލާމަސީލު މިސާލެކެވެ. އެންމެންނާއި ގުޅޭ ސާފުހިތެއްގެ ވެރިއެކެވެ. އެންމެ ދެރަ އާދައިގެ ނިކަމެތި ފަންތީގެ މީހުންނާވެސް ގުޅޭ ސަކަމިޒާޖުގެ ހިތެކެވެ. ކިބުރުވެރިކަމާ، ބޮޑާކަމުގެ ސިފަ އުފަންވެފައި ނެތް ސާފު ހިތެކެވެ. ހިތްވަރާއެކު އަމިއްލަ މަސައްކަތުން ކުރިއަރަމުން، ޤައުމުގެ ކުރިބޯށްޓަށް ވާސިލުވެވިފައި ހުރި ހިތްވަރުގަދަ ފަހުލަވާނެކެވެ. އަމިއްލަ މަސައްކަތުން، ތައްޕާހެއް ނެތި އާރޯކުރަން ދަސްވެ ބާވެފައި ހުރި މީހެކެވެ. ޢަޒުމްވަރުގަދަ ކަށިހިތްވަރުން އަރާ ފުރިހަމައެވެ. ބައިލާރީގެ ދަރަނިން މިންޖުވެވި، ދަރަންޏެއްގެ މިންވަރު ނުޖެހިވޭތޯ އުޅޭ ދާއިރާއަށް އުފަން ސާހިބެކެވެ. ޢަޒުމާއި ހިތްވަރުގެ ގޮތުން އަރާ ފުރިހަމަ އެވެ. އަދަކު ކަމެއް ބޭނުންވެ، ދެއްކުންތެރި ސިފަ ނެތް ސީދާ މިދާއިރާއަށް އުފަން ދާއިރާގެ އަޞްލީ ބާނީއެކެވެ. އެކުވެރިން ބުނާގޮތުން، އެކުދިންނަށް ފަލާޙް ކަމުދަނީ ދެއްކުންތެރިކަމުގެ ޒައްރެއްގެ މިންވަރުވެސް ނެތުމުންނެވެ. އެއްވެސް ކަމެއް ނުވެ ނުދާނެތީއެވެ.

ފަލާހް ކެމްޕޭން ޕޯސްޓެއް—
ތެދަށް ބުނާނަމަ، މިއަދު މިދެކޭ ސާދާ ދިވެހިވަންތަ ސާފުތާހިރު ދިރިއުޅުމެއް އުޅެމުން އަންނަ، އެފަހި ދިރިއުޅުމަށް ލޯބި ކުރާ އާދައިގެ މީހެކެވެ. އެކުވެރިންނާއި ގުޅޭ އަދި  ޒުވާނުންގެ ހިތްތަކުގެ ރޫޙާއި ގުޅޭ އަޚްލާޤް ރަނގަޅު މީހެކެވެ.  "ދިވެހީންގެ ރާއްޖެ" މިޝިއާރަށް ފުރިހަމަޔަށް ތަބާވާ ރާއްޖެތެރޭގެ  ދިރިއުޅުމަށް ލޯބިކުރާ މަޑުމޮޅި ހިތެކެވެ. ޤައުމާއި ދާއިރާގެ ޙައްޤުގައި ޖާނާއި، އަމިއްލަ މާލުން ޤުރުބާނީތަކެއް ވެފައިވާ، އަދި ވަމުންދާ އަހަރެމެން އެންމެންގެ ފަލާޙްއެވެ. ދާއިރާގެ ފަލާޙްއެވެ. "އިންޝާﷲ. އަޑުއިއްވާނެ. ހައްލު ހޯދާނެ. އަބަދުވެސް އެކުގައި ވާނެ. ޙައްޤުތައް ކަށަވަރު ކޮށްދޭނެ." ބަހުންނާއި ޢަމަލުން ކަންކަން ދައްކާނެ، އަދި ދެއްކޭނެ ހިތްވަރު ހުރި ފަލާޙްއެވެ. ކުދިބޮޑު އެންމެންގެއެވެ. އިސްރައްވެހިންނާއި ޒުވާނުންގެ ފަލާޙްއެވެ. ޒުވާނުންނަށް ފަހި ފުރުޞަތު ހޯދުމަށް ވަކި ހިތްޕާލާފައި ހުރި އެއްކަލަ ފަލާޙްއެވެ. ދުވަސްވީ މީހުންނަށް އިބްރާހިމެވެ. ޒުވާން ޖީލަށް ފަލާޙްއެވެ. މަންމައަށް އިބްރާހިމް ފަލާޙްއެވެ. ކުރުކޮށް ބުނާނަމަ، ރ. އިންނަމާދޫ ފަލަކް، އިބްރާހިމް ފަލާޙްއެވެ. 
ފަލާހްގެ ކެމްޕޭން ޕޯސްޓެއް—
ފަލާޙް ބުނާގޮތުން "އިންސާނާގެ ތަރައްޤީއަކީ ގުދުރަތުން ތަބީޢީ ސިފަ ލާމެހިފައިވާ، މިކުދި ރަށްތަކުގެ އިންސާނީ ވަސީލަތާއި އެކު  ޖީލެއް ބިނާކޮށް، އެޖީލުގެ މައްޗަށް އަންނަ ކަރާމާތްތެރި ޙިކުމަތްތެރި ވިސްނުމާއި އެހީތެރިކަން ދެވިގެންދާފަދަ ބަދަހި ވިސްނުމަކަށް ޖާގަލިބިގެންދާ ތަބީޢީ ވިސްނުމާއި ކުރިއެރުމެވެ." 

ވަޑާމުގެ ހުނަރުވެރި މަސައްކަތާއެކު ހިތްވަރާއި އަޒުމާއެކީ އަމިއްލަ ފައިމައްޗަށް ކޮޅަށްތެދުވެ އެހުރީ ދާއިރާގެ ޙައްޤުގައެވެ. ޤައުމުގެ އެންމެ މަތީ ހަރުފަތަށް ދާއިރާގެ އަޑުއިއްވާ ރައްޔިތުން އެދޭ ފަދަ ބަދަލަކަށް މިއަދު ފޫގަޅާލާފައި ނިކުމެ އެހުރީ ފިސާރި ކެރިގެންނެވެ.  ފަލާ މިއަދު ނިކުމެ މިހުރީ އަނެއްކާވެސް ދާއިރާއަށް ޚިދުމަތް ކުރުމަށެވެ.  މިއަދު މިއޮތް ވެރިކަމުގައި ފަލާޙްގެ ގިނަ އެކުވެރިން ތިބިކަމީ އެދޭފަދަ ބަދަލު ގެނެސްދިނުމުގެ ކުޅަދާނަކަން ގެނުވައިދޭނެ ހިތްވަރަކަށް ވެއެވެ. ޤައުމު އެންމެ ބޭނުންވި ދުވަހު ފަލާޙް ހުންނެވީ މޭ އައްޑަނައަކަށް ދިށްކޮށްލައިގެންނެވެ. އިމެއް ސުމާރެއް ނެތް މިންވަރަށް ޖާނާއި މާލު ޤުރުބާން ކުރުމަށެވެ. މިއަދު ވެރިކަމުގެ އާރާއި ބާރުގެ ތެރެއިން ފަލާޙްއަކީ ހިކުމަތްތެރި ކުޅަދާނަ މޮޅުކުޅުމެއް ކުޅެމުން އަންނަ ފަޙްލަވާނެކެވެ. ވަކިން ޙާއްސަކޮށް ދާއިރާއަށް ވަކި ހިތްޕާލައިގެން ހުރެ، އަމިއްލަ ހިތްވަރާއި މަސައްކަތުން ދާއިރާއަށް ކުރިއެރުމާއި ފާގަތިކަން ގެނެސްދިނުމުގެ އަޒުމާއި ހިތްވަރުގައެވެ.
ފަލާހްގެ ކެމްޕޭން ޕޯސްޓެއް —
ފަލާޙްވަނީ ސިޔާސީ މައިދާނުގައި ވަރުގަދަ ޖިހާދުތަކެއް ކޮށްފައެވެ. ޤައުމުގެ ޙައްޤުގައި، ޤައުމު ދެކެ ލޯބިވާ ދަރިއެއްގެ ގޮތުންނެވެ. ސިޔާސީ ރޫޙުގެ އަޞްލު މައިވަންތަ ސިފައިގައެވެ. ޤައުމަށް ވަފާތެރި ތެދުވެރިޔަކަށް ވުމަށްޓަކައެވެ. މިއަދު މިދާއިރާގެ ސިޔާސީ މައިދާނުން ފެންނަން ހުރި އެންމެ ބޮޑު ޖައުހަރަކީ މިދާއިރާއަށް އުފަން އެންމެންގެ ފަލާހްކަން ދެބަސްވެވެން ނެތެވެ.

ޝައްކެއްވެސް ނެތެވެ. މިއަދު އަހަރެމެންގެ އެއްކަލަ އިބްރާހިމް ފަލާޙް (އެންމެންގެ ފަލާޙް) މިވަނީ ސަރުކާރާއި ގުޅިގެން، ދާއިރާގެ ކުރިއެރުމަށް ވަކި ހިތްޕާލުމުގެ ޢަޒުމުގައި، މާ ރީތި އުޖާލާ މަންޒަރެއް ދާއިރާއަށް ދެއްކުމުގެ މަސައްކަތެއް ފެށޭތޯ އަތުކުރި އޮޅާލާފައެވެ. މާނަޔާ ތަޞައްވުރަކައިގެންނެވެ. ފަލާޙްގެ މިރީތި ތަޞައްވުރު ހަމަގައިމުވެސް ހާދަ ޗާލެވެ. ދާއިރާގެ ޕްރައިމަރީން ފަލާޙަށް ކާމިޔާބު ލިބިއްޖެނަމަ، އިންޝާﷲ ދާއިރާގެ މިރީތި ތަޞައްވުރު އިސާހިތަކު ހާމަވެގެން ދާނެއެވެ. ފަލާޙްގެ ފަހަތުގައި ރަނގަޅު ހަރުދަނާ ޓީމެއް ހަމަގައިމުވެސް އެބައޮތެވެ. ފުރަތަމަ އޮތީ ޕްރައިމަރީން ކާމިޔާބު ވުމެވެ.
އަހަރެމެން އެންމެން އެދެނީ ފަލާޙްއަށް ފަހި ރީތި ކާމިޔާބަކަށެވެ. އުއްމީދު އާވަނީ މާރީތި އުޖާލާ މަންޒަރުތަކުގައި ކުލަ ޖެހިގެން އަންނަ ދުވަސްތަކަށެވެ. ވާދަވެރިކަމާއެކު ކުރިއަށް ދިއުމުގެ ހިތްވަރު އާކޮށްދެމުން އެހެން ބައިވެރިންނަށްވެސް އިޙްތިރާމް ކުރާ ޙާލުގައި ނިންމާލަމެވެ. 

ކެނޑިޑޭޓް ނަމްބަރ 1 / އިބްރާހިމް ފަލާޙް،ފަލަކް، ރ.އިންނަމާދޫ 
___

ނޯޓް: މިއީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުން އެބޭފުޅުންގެ ކެމްޕޭނަށް ހާއްސަ ލިޔުންތައް ޝާއިއުކުރުމަށް ހުޅުވާލާފައިވާ ފުރުސަތުގެ ދަށުން، ވިޔަފާރި އުސޫލުން ޝާއިއުކުރެވިފައިވާ ލިޔުމެކެވެ. 

މިލިޔުން ކިޔާލުމުން

100%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ