މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
މޫސުން ގޯސް ދުވަހެއް

ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ޔެލޯ އެލަރޓް ނެރެފި

މޫސުން ގޯސްވެ ށ. އަތޮޅުން ފެށިގެން ތ. އަތޮޅަށް، މޫސުމާ ބެހޭ ގައުމީ އިދާރާއިން ޔެލޯ އެލަރޓް ނެރެފިއެވެ.

މެޓް އޮފީހުން ދެންމެ ބުނެފައިވަނީ ށ. އަތޮޅާއި ތ. އަތޮޅާއި ދެމެދުގެ ރަށްތަކަށް ބޯކޮށް ވާރޭވެހި ވައިގަދަވެ ކަނޑު ގަދަވާނޭކަމަށާއި އެހެންކަމުން މިއަދުގެ ހެނދުނު 10:00 އިން މެންދުރުފަހު 2:00 އާއި ހަމައަށް އެ ސަރަހައްދަށް ޔެލޯ އެލަރޓް ނެރެފައިވާ ކަމަށެވެ.

އެ އޮފީހުން ބުނީ އެ ވަގުތުތަކުގައި އެސަރަހައްދު ތަކަށް 45 މޭލުގެ ބާރުމިނުގައި ވައި ޖެހި، ކަނޑުތައް ގަދަވާނެ ކަމަށެވެ.

ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް މިދުވަސްވަރު މޫސުން ގޯސްވުމުގެ ސަބަބުން ދަތުރު ފަތުރު ކުރުމުގައި ސަމާލު ވުމަށް މެޓް އޮފީހާއި އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފައެވެ.

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ