މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41

ވައިގަދަވެ މަޑުއްވަރީގެ ބައެއް ތަންތަނަށް ގެއްލުންވެއްޖެ

ރ. މަޑުއްވަރީއަށް މިއަދު ހެނދުނު އާދަޔާހިލާފަށް ވައިގަދަވެ، އެކިވަރުގެ ގެއްލުންތައް ލިބިއްޖެއެވެ.

މަޑުއްވަރީ ކައުންސިލުން ބައެއް ނޫސްތަކަށް ބުނެފައިވަނީ، މިއަދު ހެނދުނު 11:30 ހާއިރު އެރަށަށް އެރި ބާރުގަދަ ވައިރޯޅީގެ ސަބަބުން ގޭގެއަށާއި އެނޫންވެސް ތަންތަނަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވާކަމަށެވެ.

އެގޮތުން އެރަށުގެ ތިން ގެއަކާއި ގުދަނެއްގެ ފުރާޅަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށާއި މީގެ ތެރެއިން އެންމެބޮޑަށް ގެއްލުން ލިބިފައިވަނީ ގުދަނަށްކަން ކައުންސިލުން ބުނެއެވެ. 

މީގެ އިތުރުން މަޑުއްވަރީ ފުޓްބޯޅަ ދަނޑުގެ ގޭޓު ވެއްޓިފައިވާއިރު ބައެއް ގަސްތައްވެސް ވަނީ އިރައިގެންގޮސް ވެއްޓިފައެވެ. 

ހާދިސާއަށްފަހު ގެއްލުންވި ތަންތަން މަރާމާތުކުރުމުގެ މަސައްކަތް ފެށިގެން ކުރިއަށް ދާކަމަށް ވަނީ ބުނެފައެވެ.

މިއީ މި ފަހުގެ ތާރީހެއްގައި މަޑުއްވަރީއަށް މިވަރުގެ ވައިރޯޅިއެއް އެރި ފުރަތަމަ ފަހަރެވެ.

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ