މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: ޓްވިޓަރ

މިފަދަ ނުރައްކާތެރި ހާލަތުގައި މަސްޢޫލުވެރިންގެ އެންގުމަށް ކިޔަމަންތެރިވުން ވާޖިބް – ޝެއިޚް ޝަމީމް

މިފަދަ ނުރައްކާތެރި ހާލަތުގައި ދީނުގައި މަތިވެރިވެގެންވާ ކިޔަމަންތެރިކަމުގެ ޝިޢާރަށް ޢަމަލުކުރުން ވާޖިބު ކަމުގައި މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޝެއިޚް އާދަމް ޝަމީމް ވިދާޅުވެއްޖެއެވެ.

ޝެއިޚް ޝަމީމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ކޮވިޑް19 ގެ މި ނުރައްކާތެރި ޙާލަތުގައި މިދީނުގެ މަތިވެރި ޝިޔާރު "ކިޔަމަން" އެއީ ވާޖިބެއްކަން ހަނދާން ކުރަންޖެހޭކަމަށެވެ. އަދި ވެރިންނާއި މަސްޢޫލުވެރި ފަރާތްތަކުގެ އިރުޝާދުތަކާއި އަމުރުތަކާއި ޚިލާފް ވުމަކީ ތިބާގެ ސަބަބުން، އެތައް ފުރާނައެއް ގެއްލިދާނެ ކަމެއް ކަމާއި އެފަދަ ފާފައެއް ފިސާރި ބޮޑުވާނެ ކަމަށްވެސް ޝެއިޚްގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ. 

ޝެއިޚް މިފަދައިން ވިދާޅުވެފައިވަނީ، ކޮވިޑް19 ރާއްޖޭގައި ހަލުވިކަމާއިއެކު ފެތުރެން ފަށާފައިވާ މިދަނޑިވަޅުގައި، ކަމާއިބެހޭ އިދާރާތަކުން ދޭ ލަފަޔާއި އިރުޝާދުތަކާއި ޙިލާފަށް ބައެއް މީހުން އުޅެމުންދާތީ ކަމާއި ބެހޭ ފަރާތްތަކުން އެކަމުގެ ކަންބޮޑުވުން އިންތިހާއަށް ފާޅުކޮށްފައިވާ ދަނޑިވަޅެއްގައެވެ.

މިލިޔުން ކިޔާލުމުން

0%
އުފާވި
100%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ