މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: މީސްމީޑިއާ

ރ. މާމުނަގައު ރިސޯޓުން ފްލޯޓިންގ ޕްލެޓްފޯމެއް އޮޔާދާތީ ސަމާލުވާން އެދިއްޖެ

ރ. މާމުނަގައު ރިސޯޓުން ފްލޯޓިންގ ޕްލެޓްފޯމެއް އޮޔާދާތީ ސަމާލުވާން އެދިއްޖެއެވެ.

ކޯސްޓްގާޑުން ދެންމެ ބުނީ ރ. މާމުނަގައު ރިސޯޓްގައި ސީޕްލޭން ޖެއްސުމަށް ހަދާފައިވާ ފްލޯޓިން ޕްލެޓްފޯމް ކަނޑައިގެން ގޮސް އޮޔާދާ ކަމަށެވެ. ޕްލެޓްފޯމް ކަނޑައިގެން ގޮސްފައިވަނީ މިރޭ 7:15 ހާއިރުއެވެ.

ކޯސްޓްގާޑުން ވަނީ ކަނޑުދަތުރުކުރުމުގައި އެކަމަށް ސަމާލުވާން އިލްތިމާސްކޮށްފައެވެ. 

ކޯސްޓުގާޑުން ބުނީ މި ޕްލެޓްފޯމަކީ ދިގުމިނުގައި 20 ފޫޓް އަދި ފުޅާމިނުގައި 10 ފޫޓްހުރި ޕްލެޓްފޯމެއް ކަމަށެވެ.

ޕްލެޓްފޯމް އޮޔާދަނީ އިރަށް ކަމަށްވެސް ކޯސްޓުގާޑުން ބުނެއެވެ. 

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ