މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ޕިކަޕްގައި ކުނި އުކާލަނީ

ފައިނު ކައުންސިލަށް ޕިކަޕެއް ސަޕްލާކޮށްދޭނެ ފަރާތެއް ހޯދަނީ

ފައިނު ކައުންސިލުން 1450 އާއި 2000 ކިލޯގެ ޕިކަޕެއް ސަޕްލާކޮށްދޭނެ ފަރާތެއް ހޯދަން އެ ކައުންސިލުން އިއުލާން ކޮށްފިއެވެ.

ފައިނު ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ބުނެފައިވަނީ، މިކަމަށް ޝަޢުގުވެރިވާ ފަރާތްތަކުން އޮންލައިން ފޯމް މެދުވެރިކޮށް ބީލަން ހުށަހެޅުމަށް ރަޖިސްޓަރީ ވާންޖެހޭނެ ކަމަށާއި މިމަސައްކަތަށް ބީލަން ހުށަހެޅޭނީ ވިޔަފާރިކުރުމުގެ ޤާނޫނުގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް ކަމަށެވެ.

ފައިނު ކައުންސިލުން ބުނީ ބީލަމާއި ގުޅޭ މަޢުލޫމާތު ކަރުދާސް (އަގުހުށަހަޅާ ފޯމް) ބީލަން ހުށަހެޅުއްވުމަށް ރަޖިސްޓަރ ކުރާ ފަރާތްތަކަށް ފޮނުވޭނެ ކަމަށެވެ. އަދި މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފު ކުރުމަށް ރަސްމީ ގަޑީގައި 6580072 ނަމްބަރ ފޯނާއި ގުޅުމަށް ކައުންސިލުން އެދިފައިވެއެވެ.
 
ފައިނު ކައުންސިލަކީ ގޭބިސީތަކުން ނެރޭ ކުނި ޕިކަޕްގައި ކުނިކޮއްޓަށް ގެންގޮސްދިނުމުގެ ޚިދުމަތް ދެމުންގެންދާ ކައުންސިލެކެވެ. މިހާރު މިމަސައްކަތް ކުރަނީ އަމިއްލަ މީހެއްގެ ޕިކަޕެއް ކުއްޔަށް ހިފައިގެނެވެ.

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ