މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޭސްއިން ފައިނުގައި ކުރިއަށް ގެންދިޔަ މަސްރޭހުގެ ތެރެއިން

މަސްވެރިންގެ ދުވަހާއި ގުޅުވައިގެން ފައިނުގައި މަސްރޭހެއް

މި އަހަރުގެ މަސްވެރިންގެ ދުވަސް ރަށު ފެންވަރުގައި ފާހަގަ ކުރުމުގެ ގޮތުން ފައިނު ކައުންސިލުން އިސްނަގައިގެން މަސް ރޭހެއް މާދަމާ ކުރިއަށް ގެންދަން ނިންމައިފިއެވެ.

މި މަސްރޭހުގައި ވާދަކުރުމުގެ މުއްދަތު މިރޭގެ 8:30 އަށް ހަމަވެފައިވާއިރު ޖުމުލަ 9 ޓީމަކުން ވަނީ ބައިވެރިވެފައެވެ. 

މާދަމާ ހެދުނު 10:00 ގައި ޓީމްތައް ފުރަން ހަމަޖެހިފައިވާއިރު، ޓީމްތަކުން މިހާރުވެސް ދަނީ ތައްޔާރީތައް ވަމުންނެވެ. މަސްރޭސް ނިންމުމަށްޓަކައި އުޅަނދުތައް ރަށަށް ލަފަންޖެހޭ އެންމެ ފަހުގަޑިއަކީ މާދަމާރޭ 8:30 އެވެ. 

މުބާރާތުގެ ގަވާއިދު ބުނާގޮތުން، މި މުބާރާތުން އެއްވަނައަށް އަންނަ ޓީމަކަށް 3000 ރުފިޔާ، ދެވަނައަށް އަންނަ ޓީމަކަށް 2000 ރުފިޔާ އަދި ތިންވަނައަށް އަންނަ ޓިމަށް 1500 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ އިތުރުން އެންމެ ބަރު މަސް ބާނާ ފަރާތަކަށް 500 ރުފިޔާ ލިބޭގޮތަށް ވަނީ ހަމަޖައްސާފައެވެ. 

މިއީ ފައިނު ކައުންސިލުން އިންތިޒާމުކުރާ މިފަދަ ފުރަތަމަ މަސްރޭސްކަން ފާހަގަ ކޮށްލެވެއެވެ. 

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ